ރިޕޯޓް
މަސައްކަތްތެރި މުރާލި  ކުޑަ ކުޑަ ރާވެރިޔާ!

ކޮންމެ މަސައްކަތަކީވެސް ހިތްވަރާއިއެކު މަސައްކަތް ކޮށްފިނަމަ ކާމިޔާބު ކަމާއި އެކީ ކުރެވިދާނެ ކަމެކެވެ. ނުވާނެ، ނުކުރެވޭނެ ކިޔާފައި ތިބެގެނެއް ނަތީއްޖާއެއް ނުނިކުންނާނެއެވެ. ފަރަންސޭސި ގަދަފަދަ އަސްކަރީ ޝަހުސިއްޔަތެއްކަމަށްވާ ނަޕޯލިއަން ބޮނަޕާރޓް ޤަބޫލްކުރައްވާ ގޮތުގައި މިދުނިޔެމަތީގައި ނުވާނެ ނުކުރެވޭނެ އެއްވެސްކަމެއް ނޯންނާނެއެވެ. އޭނާ ވިދާޅުވަނީ ” ނުވާނެ، ނުކުރެވޭނެ” މި ބަސްތައް ފެންނާނީ ހަމައެކަނި މޮޔައިންގެ ރަދީފުން ކަމަށެވެ.

ގއ.ދެއްވަދޫ ޝަފްރާމާގެ، ލޫޠް މުހައްމަދަކީ އޭނާ މިހާތަނަށް ކުރަންފެށި ކޮންމެ ކަމެއްވެސް ހިތްވަރާއެކު ކުރަމުން އައިސްފައިވާ ކުއްޖެކެވެ. ހީވާގި މުރާލި ކުއްޖެކެވެ. ސުކޫލަށް ކިޔަވަންދަމުން އޭނާގެ ގޭގެ ގޯތިތެރޭގައި ހައްދާފައިވާ ރުއްތަކުން ރާ ބާނައި އޭގެން ދިޔާހަކުރު ހަދައި ރަނގަޅު ނަފާއެއް ހޯދި ކުއްޖެކެވެ. ދުވާލެއްގެ މަށްޗަށް 150 އާއި 200 ރުފިޔާގެ އާމްދަނީއެއް އޭނާ ދިޔައީ ހޯދަމުންނެވެ.
އުމުރުން 16 އަހަރުގެ ލޫޠް މުހައްމަދު ބުނިގޮތުގައި މި މަސައްކަތް ދަސްކުރީ އޭނާގެ ބައްޕަގެ ފަރާތުންނެވެ. ލޫޠް ބުނިގޮތުގައި” އެންމެ ފުރަތަމަ ބައްޕަ މި މަސައްކަތް ކުރާތަން ބަލަންހުރީއެވެ. ބައްޕައަށް އަހަރެން ބަލާކަން އެގިގެން ރުކަށް އަރުވާ މިކަންކުރާގޮތް ކިޔައިދީ ދަސްކޮށްދިނީކަމަށް ލޫތް ބުންޏެވެ.
ލޫޠްގެ ބައްޕަ ރަށުން ބޭރު ވަޒީފާއަކަށް ބަދަލުވުމުން ދެން މި މަސައްކަތް ކުރަންފެށީ ލޫޠްއެވެ. ފަތިހާއި ހަވީރު ރުއްތަކަށް އަރައި ރާ ބާލަން ޖެހެއެވެ. މިއީ ޤަވާއިދުން ގަޑިއަށް ކުރަންޖެހޭ މަސައްކަތެއްކަމުން ލޫޠް މި މަސައްކަތްކުރީ ވަރަށް ފަރުވާތެރި ކަމާއި އެކީގައެވެ. ރަށުން ބޭރަށް ޕިކްނިކްދާން ޖެހުނަސް ލޫޠް ދަތުރުދަނީވެސް އޭނާގެ ރުއްތަކުން ރާ ބާލާ ގަޑިއަށް ރަށަށް އާދެވޭނެކަމުގެ ޔަޤީންކަން ދިނުމުންނެވެ. މިއީ އެހާވެސް ޝަޢުޤުވެރިކަމާއި އެކު ލޫޠް ކުރަމުން އައި މަސައްކަތެކެވެ.
 ސުކޫލް ނިމުމަށްފަހު ލޫޠް ކުރަންފެށި މަސައްކަތަކީ މަސްވެރިކަމެވެ. މި މަސައްކަތުގައިވެސް ލޫޠް ފާހަގަވެގެން ދިޔައީ އާދަޔާޙިލާފް ހިތްވަރުގަދަ މަސައްކަތަށް ކަމޭހިތާ މުރާލި ކުއްޖެއްގެ ގޮތުގައެވެ. ލޫޠް މަހަށްދާ ދޯނީގެ އެންމެންވެސް އޭނާގެ މުރާލި ކަމާއި ހީވާގި ކަމުގެ ވާހަކަ ދައްކައެވެ. އެންދަމާ ގަޑިއަށް ލޫޠްއަށް ގޮވާކަށް ނުޖެހޭ ކަމަށާއި އޮޑީގެ އެންމަނަށްވުރެ ކުރިން އޭނާ ހޭލާވާހަކަ ދޯނީގެ އެންމެންވެސް ބުނެއެވެ. އެހެންކަމުން އެންދަމާ ގަޑި ޖެހުމުން އޮޑި ފަޅުވެރިން ހޭލެއްވުމަށް ގޮވަނީވެސް ލޫޠެވެ.
މަތިވެރި ﷲ ލޫޠްގެ މަސައްކަތްތަކުގައި ކާމިޔާބީ ލައްވަވައި އޭނާއަށް އުފާފާޤަތި މުސްތަޤްބަލެއް މިންވަރު ކުރައްވާށި . އާމީން!
ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ޝިފާޒް އަނީސް ދެއްވަދޫ

    ސާބަސް ދަރިޔާ. ތިއީ ދިވެހި ދަރިންނަކީ. މިޒަމާނުގަ ތި އުމުރުގެ ކުދިން ތިބެނީ އައިފޯންގް ފަހުގެ ފޯނާއި ރޮލެކްސް ގަޑި މަންމަ ބައްޕަ ކައިރީ ރޮއި އާދޭސް ކޮށްގެން ހޯދައިގެން. ލޫޠް ތިޔަ ސާބިތް ކޮށްދިނީ 18 އަހަރު ނުވިއަސް އަމިއްލަ ފައިމަށްޗަށް ތެދުވެވިދާނެކަން. ތި އުމުރުގެ ކުދިންނަށް ތިޔައީ ނަމޫނާއެއް. ހެޓްސް އޮފް ލޫޠް