ޚަބަރު
ތިނަދޫގެ އެކްޓިވް ކޭސް ގެ އަދަދު 200 އިން ތިރިޔަށް!

ގދ. ތިނަދޫގައި ކޮވިޑް-19 އަށް ފައްސިވެފައިވާ އެކްޓިވް ކޭސް ތަކުގެ އަދަދު 200 އިން ތިރިވެއްޖެއެވެ.

ތިނަދޫގެ އެކްޓިވް ކޭސްގެ އަދަދު ޖޫން މަހުގެ 21 ވަނަ ދުވަހުން ފެށިގެން 200 އިން މަތީގައި ހުރުމަށްފަހު މި އަދަދު މިވަނީ 197 ވެއްޓިފައެވެ. ފާއިތުވި 24 ގަޑިއިރު ތެރޭގައި ގދ. ތިނަދޫ އިން ކޮވިޑަށް ފައްސި ވެފައިވަނީ އެންމެ މީހެކެވެ. އަދި 22 މީހަކު ވަނީ މިބަލިން ރަނގަޅު ވެފައެވެ. އަދި އިތުރު 65 ސާމްޕަލެއް ވަނީ ނަގާފައެވެ.

މި ބަޔަށް ޓެސްޓު ކުރުމަށް މިރަށުން ނެގިފައިވާ 6696 ސުންކު ގެތެރެއިން 846 މީހުން ފައްސިވެފައިވާއިރު, 647 މީހަކު ވަނީ މިހާރު މި ބަލިން  ފަސޭހަވެފައެވެ.

މި ދިޔަ އޭޕްރީލް މަހު ފަހުކޮޅު ތިނަދޫއިން މިބަލި ފެނި، ރަށުގެ ހާލަތު ވަރަށް ބޯޑުތަނުން ގޯސް ވުމަށްފަހު، މިހާރު މަޑު މަޑުން ހާލަތު ރަނގަޅު ވަމުން އަންނަ ކަން ފާހަގަކޮށް ލެވެއެވެ. ރަށުގެ ހާލަތު ރަނގަޅު ވަމުން ދިޔުމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ތަކެއްވެސް ވަނީ ދީފައެވެ.

މީގެ އިތުރުން ގދ.ހޯނޑެއްދޫ އަދި ގދ.ގައްދޫގައި ހޯމް ކަރަންޓީނުގައި ތިބި ދެ ފަރާތެއް ވަނީ މިއަދު ކޮވިޑަށް ފައްސި ވެފައެވެ. އެހެންކަމުން ގދ.އަތޮޅުން މިއަދު ކޮވިޑަށް ފައްސިވި ޖުމްލަ އަދަދަކީ ތިނެކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!