ޚަބަރު
ހުޅުމާލެއިން ފެންނަ އިޖުތިމާއީ ގުޅުންތެރިކަމަކީ ދިވެހީންގެ ދިރިއުޅުމުގައި ވާރުތަވަމުން އަންނަ ސަގާފަތެއް: ވަޒީރު އާދަމް ނަސީރު

ދިވެހީންގެ ދިރިއުޅުމަށް އަންނަ ބަދަލުތަގައި ކެނޑިގެންނުގޮސް އާލާވަމުން އަންނަ ރަނގަޅު އެއް ސިފަޔަކީ އިޖުތިމާޢީ ގުޅުންތެރިކަން ކަމުގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ފޮޓޯ މައުރަޒު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ދިވެހީން އާބާދުވެ ރަށްރަށުގައި ދިރިއުޅޭ ގޮތުގެ ބައެއް ސިފަތަކުގެ މައްޗަށް ބައްލަވައިލެއްވިއެވެ.

އެ ގޮތުން ގަދީމީ ޒަމާނުއްސުރެ ދިވެހި ރަށެއްގެ މުޖުތަމަޢު އާންމުކޮށް އެކުލެވިފައި މައިގަނޑު ބޮޑު ދެތިން ވަންހައެއްގެ މައްޗަށްކަން ބައެއް މުއައްރިޚުން ފާހަގަކުރައްވާކަމަށް ވިދާޅުވިއެވެ. ނަމަވެސް ރައީސް ނާޞިރުގެ ދައުރުގައި އެއްފަސްކުރުމުގެ ރަސްމީ ހަރަކާތްތައް ފެށުމުން މި ކަމަށް ކުއްލި ބަދަލުތަކެއް އައެވެ. ހަމަ އެހެންމެ 2004 ވަނަ އަހަރުގެ ސުނާމީއަށް ފަހު ހިންގުނު ހިޖުރަކުރުވުމުގެ ބައެއް ހަރަކާތްތަކުން ވެސް އިތުރު ބަދަލުތައް އައެވެ. އޭގެ އިތުރަށް ފިޔަވަހިފިޔަވައްސަށް ހުޅުމާލޭގައި އިތުރުވެ ގުނަވަމުންދާ އާބާދީ އަކީ ރާއްޖޭގެ ތަފާތު އެކި އަތޮޅުތަކުން ތަފާތު އެކި ރަށްރަށުން އެކި ވަންހަތަކާއި އާއިލާތަކުން ޖަމާވެ އުފެދޭ ބިޔަ މުޖުތަމައެކެވެ.

ވަޒީރު ވަކިން ޚާއްޞަކޮށް ފާހަގަކޮށްލެއްވި ގޮތުގައި މި ކަންކަމާއެކު އެންމެ އުފާވެރިކަންދޭ ދިވެހިވަންތަ ސަގާފަތަކީ މި ބޮޑު އާބާދީގެ ތެރޭގައި އޮތް ގުޅުންތެރިކަމެވެ. އެކަން ރޯދަ ވީއްލުންތަކާއި ޢީދުތައް ފާހަގަކުރުން ފަދަ އިޙްތިފާލުތަކުން އަދި މާ ބޮޑަށް ސިފަވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!