ނަސޭހަތް
ދަރިފުޅުގެ އެކްސިޑެންޓާއި މަންމަގެ ދުޢާ

އެއީ ޒުވާނެކެވެ. އޭނާ ދިޔައީ ކާރުގައި ވަރަށް ބާރަށް ދުއްވަމުންނެވެ. ކުއްލިއަކަށް އޭނާއަށް ނުކުމެވުނީ ކުރިމަތީން ދުއްވައިފައި އައި ބޮޑު ލޯރިއެއްގެ ކުރިމައްޗަށެވެ. އެ ދިޔަ ގޮތަށް އޭގައި ވަރަށް ބާރަށް ޖެހިއްޖެއެވެ. ބަޔަކަށް އޭނާއަށް އެހީތެރިވާން އާދެވުމުގެ ކުރީން ކާރުގެ ތެޔޮ ޓޭންކު ފަޅައިގެން ގޮސް ކާރުގައި ރޯވެއްޖެއެވެ. މުޅި ކާރުގައި ހުޅުހިފަން ހޭދަވީ މަދު ސިކުންތުކޮޅެކެވެ. އެކްސިޑެންޓުގެ ނުރައްކާތަރިކަމުން، ދެކޭ މީހުން ބިރުން ފިތްކަނޑައިގެން ދާހައިވެއެވެ. މާ ގިނަ އިރުތަކެއް ނުވެ މީހުން އެއްވެއްޖެއެވެ. ދަތުރުކުމަުން ދިޔަ ބައެއް މނީހުން ކާރުން ފައިބައި ވެގެން އުޅެނީ ކީއްކަން އެނގޭތޯ ބަލަމުން ގެންދަނީއެވެ. ހިތްވަރު ގަދަ ބައެއް ޒުވާނުން ކާރުގައި އޮތް މީހާ ނެރެވޭތޯ މަސައްކަތްކުރަމުން އެބަގެންދެއެވެ. އެންމެންމެ ގަބޫލުކޮށްގެން ތިބީ އޭނާ އަނދައި ހުލިވެއްޖެ ކަމުގައެވެ.

[اللّه أكبر، اللّه أكبر، لاإله إلا اللّه] އެންމެ އެކީގައި ކިޔަން ފެށި ތަކުބީރުން މުޅި ހިސާބުގަނޑު ގުގުމާލައިފިއެވެ. އެމީހުންނަށް ފެނުނު މަންޒަރަކީ ހަގީގަތެއް ކަމަށް ގަބޫލުކުރަން ދަތިވެއްޖެއެވެ. އެހައި ބޮޑު އެކްސިޑިންޓަކަށް ފަހުވެސް ކާރު ދުއްވަން އިން ޒުވާނާ އެހެރީ ސަލާމަތުންނެވެ. މަންޒަރު ފެނިފައި އެންމެންގެ މޫނުމަތީންވެސް ހިތްހަމަޖެހުމާއި އުފާވެރިކަމުގެ އަސަރު ފެނުނެވެ.

އެތާގައި ތިބީ މީހުންގެ ތެރެއިން އެކަކު އަހައިފިއެވެ.

[ﷲ ތަޢާލާ ކަލޭ ސަލާމަތް ކުރައްވާނޭކަން ޔަގީންވާ ފަދަ އަމަލެއް ކަލޭ ކޮށްފައި އެބައޮތް ހެއްޔެވެ؟ އެހެރަ އަނދަމުންދާ ވަރުގަދަ އަލިފާންގަނޑުން ކަލޭ ސަލާމަތްކުރެއްވި ސަބަބެއް ކަމަށް ގަބޫލުކުރަނީ ކޮން ކަމެއް ހެއްޔެވެ؟]

ޒުވާނާ ބުންޏެވެ. [އަހަރެން މަސައްކަތްކުރަނީ (ސަޢޫދީ ޢަރަބިއްޔާގެ) ޖިއްދާގައެވެ. މިއަދު އަހަންނަށް މުސާރަ ލިބުމާއެކު ސީދާ ދިޔައީ މަންމަ ގާތަށް ރާބިޣަށެވެ. މަންމަ ދިރިއުޅެނީ ރާބިޣްގައެވެ. މުސާރަ އެކީގައި އަހަރެން ދިނީ މަންމަގެ އަތަށެވެ. މަންމަ އިނީ ވަރަށް ބޮޑަށް އުފާވެފައެވެ. މަންމަ ދެކެ ލޯބިވާ، ކިޔަމަންތެރި ދަރިއަކު ލިބުނީތީއެވެ. މަންމަ ދެ އަތް މައްޗަށް އުފުލައިލުމަށް ފަހު އަހަންނަށްޓަކައި ދުޢާކުރިއެވެ.

[އޭ އަޅުގެ ވެރި ކަލާނކޯއެވެ. މި އަޅާގެ މޭގެ އެއްފަޅިކަމުގައިވާ ދަރިފުޅު، މި އަޅާގެ ހައްގުގައި، އިބަ ރަސްކަލާނގެ އަމާންކަމާއި ރައްކާތެރިކަމުގައި ތާއަބަދު ލަހައްޓަވާނދޭވެ.]

އަހަންނަށްޓަކައި މަންމަ ކުރި ދުޢާ ﷲ ތަޢާލާ އިޖާބަކުރެއްވީއެވެ. އަހަރެން ގެންދިޔައީ މަންމަގެ ރުހުން ލިބޭތޯ މަސައްކަތް ކުރަމުންނެވެ. މަންމަ ރުއްސުމުގެ ބަދަލެއްގެ ގޮތުން ﷲ ތަޢާލާ އަހަރެން މަރުގެ ތުންފަތްމަތީން ސަލާމަތްކުރެއްވީއެވެ.]

(ޢަބްދުﷲ ނަޢީމު އިބްރާހީމް / ލިޔުނތެރންގެ ގުޅުން)

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!