ޚަބަރު
ޝާހްރުކްގެ ‘ކިންގް’ އިން ރާނީ ވެސް ފެނިގެންދާނެ

ބޮލީވުޑް ރަސްގެފާނު ޝާހްރުކް ޚާންގެ އާ ފިލްމު “ކިންގް” ގެ ކާސްޓާ މަޝްހޫރު ބަތަލާ ރާނީ މުކަރްޖީ ގުޅިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސިދާތު އާނަންދު ޑައިރެކްޓްކުރާ މި އެކްޝަން ތުރިލާގައި ރާނީ ފެނިގެންދާނީ އެކްސްޓެންޑް ކެމިއޯއަކުން ކަމަށް ރިޕޯޓްތައް ބުނެއެވެ،

ފާހަގަކޮށްލަންޖެހޭ ގޮތުގައި ރާނީ އާއި ޝާހްރުކް ހިންދީ ސިނަމާގެ އެންމެ މަގުބޫލު އެއް ސްކްރީން ޖޯޑެވެ. ކާމިޔާބު ގިނަ ފިލްމްތަކެއް އެކީގައި ކުޅެފައިވާ މި ދެ ތަރިން ކުޅެފައިވާ ފިލްމް ތަކުގެ ތެރޭގައި “ކުޗް ކުޗް ހޯތާ ހޭ”، “ޗަލްތޭ ޗަލްތޭ” އަދި “ކަބީ އަލްވިދާ ނާ ކެހެނާ” ފަދަ ފިލްމްތައް ހިމެނެ އެވެ.

“ކިންގް” އިން ރާނީގެ އިތުރުން ޝާހްރުކާ އެކު އަންހެން ދަރިފުޅު ސުހާނާ ޚާން ވެސް ފެނިގެންދާއިރު، ދީޕިކާ ޕަދްކޯން، އަބީޝެކް ބައްޗަން، އަނިލް ކަޕޫރް، އަރުޝަދު ވަރްސީ އަދި ޒުވާން އެކްޓަރު އަބޭ ވަރުމާވެސް މި ފިލްމުން ފެނިގެންދާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ފަހުން އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އުފެދުނު ނުތަނަވަސްކަމުގެ ސަބަބުން “ކިންގް” ގެ ޝޫޓިން ފަސްކޮށްފައިވާކަމަށް ރިޕޯޓްތައް ބުނާއިރު، މި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ފަހުކޮޅު ކަމަށް ބެލެވެއެވެ.

“ކިންގް” އަކީ ޝާހްރުކްގެ ރެޑް ޗިލީސް އެންޓެޓެއިންމަންޓާއި “ޕަތާން” ގެ ޑައިރެކްޓަރ ސިދާތުގެ މާފްލިކްސް ޕިކްޗާސް ގުޅިގެން އުފައްދާ ފިލްމެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!