ޚަބަރު
ކިޑްސް އެތުލެޓިކްސް ޑޭ ކާމިޔާބު ކަމާއެކު ނިންމާލައިފި

ކުލަބު ރޭސާސް އާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާ އާއި ޔުނިސެފް އަދި އެތުލެޓިކްސް އެސޯސިއޭޝަން ގުޅިގެން އިންތިޒާމްކޮށްގެން ބޭއްވި “ކިޑްސް އެތުލެޓިކްސް ޑޭ” މިއަދު ވަނީ ކާމިޔާބު ކަމާއެކު ނިންމާލާފައެވެ.

ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި މިއަދު މެންދުރުފަހު ބޭއްވުނު މި އިވެންޓް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިޢުއެވެ. 250 އެތުލީޓުން ބައިވެރިވި މި އިވެންޓްގައި ތުއްތު ކުދިންނަށް އަމާޒުކޮށްގެން ދުވުމާއި، ބޯޅަ އެއްލުމާއި، ބޯޅަ ހޮވުން އަދި ރިލޭ މެޗް ފަދަ އެކި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދިޔައެވެ.

މި އިވެންޓްގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ބައިވެރިންނަށް މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ޠަލާލް، ސިއްޙަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް، އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު މުޞްޠަފާ އަދި ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓެޓިވް ޑޮކްޓަރ އެޑްވާޑް އަޑާއީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

“ހެލްތީ ކިޑްސް ފޯ ފިއުޗަރ” މި ޝިއާރުގެ ދަށުން ކުރިއަށްގެންދިޔަ މި އިވެންޓް ފައްޓަވައިދެއްވަމުން ކުޅިވަރު ވަޒީރު ރާފިޢު ވިދާޅުވީ، ތުއްތު ކުދިން ހެލިފެލިވެ އުޅުމަށް ބާރުއަޅައި، ދުޅަހެޔޮ ސިއްޙަތެއްގައި ހެދިބޮޑުވުމަށް މިފަދަ ހަރަކާތްތަކަށް ބެލެނިވެރިން ދެއްވާ އެއްބާރުލުން ފާހަގަކުރައްވާ ކަމަށެވެ.

އުމުރުން 7 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް ބައިވެރިވެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ބޭއްވި މި އިވެންޓްގެ މައިގަނޑު މަޤްޞަދަކީ ތުއްތު އުމުރުފުރާއިން ފެށިގެން ކުދިން ފީލްޑް ހަރަކާތްތަކަށް ނެރެ، އެ ކުދިންގެ ހުނަރު ތަރައްޤީކުރުމަށް ހިތްވަރުދިނުމާއެކު ދުޅަހެޔޮ ސިއްޙަތެއްގައި ހެދިބޮޑުވުމަށް ބާރުއެޅުން ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެފައިވެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ކުޅިވަރާއި އިޖްތިމާޢީ ދާއިރާގެ ސިޔާސަތުތަކުގައި އިސްކަންދޭ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!