ސައިންސް ފިކްޝަން ފިލްމު ސީރީޒް “ޖުރަސިކް” ސީރީޒްގެ ކުރިއަށް އޮތް ފިލްމު “ޖުރަސިކް ވޯލްޑް ރީބާތު” ގެ އާ ޓީޒާއެއް ނެރެފިއެެވެ.
ގެރެތު އެޑްވަޑްސް ޑައިރެކްޓްކޮށްފައިވާ މި ފިލްމު އަންނަ ޖުލައި 2 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާއިރު، މި ފިލްމަކީ 2022 ގެ “ޖުރަސިކް ވޯލްޑް ޑޮމިނަން” އާ ގުޅުުވައިގެން ގެނެސްދޭ ފިލްމެކެވެ.
މި ފިލްމު ގެ ކާސްޓްގައި ސްކާލެޓް ޖޮހަންސަން، މެހެރްޝާލާ އަލީ، ޖޮނަތަން ބެއިލީ، ރުޕަޓް ފްރެންޑް، މެނުއެލް ގާޝިއާ-ރަފްލޯ، ލޫނާ ބްލެއިޒް، ޑޭވިޑް އިއަކާނޯ އަދި އެޑް ސްކެރިން ހިމެނެ އެވެ.
މި ފިލްމުގެ ބައިތަކުގެ ތެރޭގައި 1993 ވަނަ އަހަރު ނެރުނު “ޖުރަސިކް ޕާކް” އާއި 1997 ގެ “ދަ ލޮސް ވޯލްޑް: ޖުރަސިކް ޕާކް” ހިމެނޭއިރު، މި ފިލްމަކީ ޑޭވިޑް ކޮއެޕް ލިޔެފައިވާ ސްކްރީން ޕްލޭއެއްގެ މައްޗަށް ބިނާކޮށް ކުޅޭ ފިލްމެކެވެ.