ޚަބަރު
ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ގޮވާލައްވައިފި

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ވަގުތުން ހުއްޓުވައި، މައުނަވީ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ގޮވާލައްވައިފިއެވެ.

އެކްސް ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، ޣައްޒާގައި ތިބި ކުށެއްނެތް އާންމު ރައްޔިތުންނަށް އަމާޒުކޮށް އިޒްރޭލުން ހިންގަމުންދާ ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި މިއީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ނަސްލު ނައްތާލުމުގެ ޢަމަލެއްގެ ގޮތުގައި ސިފަކުރައްވައި، އިޒްރޭލްގެ ހަމަލާތައް ވަރުގަދަކުރުން ކުށްވެރިކުރައްވާފައިވެއެވެ.

ހައްދުފަހަނައަޅާފައިވާ އިޒްރޭލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ހަޤީޤީ ވަޒަންވެރިންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ވަރުގަދަ ޖަރީމާތަކެއް ހިންގަމުންދާއިރު، މީގެ ދެތިން ދުވަސް ކުރިން ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ވަނީ އެ ޤައުމުގެ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައެވެ.

އޮކްޓޫބަރު 7، 2023 އިން ފެށިގެން އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކުގައި 53،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، 100،000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ޝަހީދުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

އިޒްރޭލުން ވައިގެ މަގުންނާއި އެއްގަމު މަގުން ހަމަލާދިނުމުގެ އިތުރުން، ފެނާއި ކާނާ ވެއްދުން މަނާކޮށް، ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި، މިސްކިތްތަކާއި، ވަގުތީ ކޭމްޕްތަކަށް ހަމަލާދީ، އެތައް ތަނެއް ވަނީ ސުންނާފަތިކޮށްފައެވެ.

ރައީސް މުޢިއްޒުގެ ޕޯސްޓްގައި، އިޒްރޭލްގެ ޢަމަލުތަކަށް އެ ޤައުމު ޒިންމާދާރުކުރުވުމަށާއި، އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާ ގޮވާލުން ވަނީ ތަކުރާރުކުރައްވާފައެވެ. އަދި ކުށެއްނެތް އާންމުންގެ ފުރާނަ ސަލާމަތްކުރުމަށް މާނަވީ ފިޔަވަޅުތަކެއް އެޅުމަށްވެސް އެމަނިކުފާނު ގޮވާލައްވާފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!