ޚަބަރު
ކައުންސިލަރުންގެ ދައުރުގެ ބާކީ ދޮޅު އަހަރު ނެތް ނަމަ ބައި-އިލެކްޝަން ނުބާއްވާނެ!

ލޯކަލް ކައުންސިލްތަކުގެ މެންބަރުންގެ ދައުރުގެ ބާކީ ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ހުސްވާ މަޤާމުތަކަށް ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ. މި ބަދަލު އައީ ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާހު ތަސްދީޤު ކުރެއްވުމާ ގުޅިގެންނެވެ.

މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހޯރަފުށި ދާއިރާގެ މެންބަރު އަލީ މޫސާއެވެ. އިސްލާހު ހުށަހެޅުއްވި ސަބަބުގެ ގޮތުގައި ފާހަގަކުރެއްވީ ގިނަ އަދަދަކަށް ބައި-އިލެކްޝަންތައް ބާއްވަން ޖެހުމުގެ ސަބަބުން ހިނގާ ޚަރަދު ކުޑަކުރުމެވެ. މި އިސްލާހު މަޖިލީހުން ފާސްވެފައިވަނީ 51 މެންބަރުންގެ ވޯޓުންނެވެ.

އިސްލާހުގެ ދަށުން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ތަކުގެ މެންބަރުންގެ ދައުރުގެ ބާކީ 548 ދުވަސް ނުވަތަ ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ބައި-އިލެކްޝަން ނުބޭއްވޭނެއެވެ. ނަމަވެސް، ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ޤާނޫނީ އަދަދު ހަމަނުވާ ހާލަތުގައި ދެ މަސްދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހޭނެއެވެ.

މި އިސްލާހާ ގުޅިގެން، މާލޭ ޑެޕިއުޓީ މޭޔަރުކަމުގައި ހުންނެވި މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝް މިދިޔަ 12 މާޗުގައި އިސްތިއުފާ ދެއްވުމުން ހުސްވި މަޤާމަށް މީހަކު އިންތިޚާބު ކުރާކަށް ނުޖެހޭނެއެވެ. މިހާރު އޮތް ކައުންސިލްގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ 17 މޭގައި ކަމަށްވާއިރު، އެ މުއްދަތަށް ބާކީ އޮތީ 363 ދުވަހެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!