ޚަބަރު
މާލެ ސަރަހައްދުގެ ފުރަތަމަ 5 ތަރީގެ ހޮޓެލް ‘ބާސެލޯ ނަސަންދުރަ’ ހުޅުވައިފި

މާލެ ސަރަހައްދުގެ ފުރަތަމަ 5 ތަރީގެ ހޮޓެލް ބާސެލޯ ނަސަންދުރަ މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. ސްޕެއިންގެ ބާސެލޯ ގްރޫޕުން ތަރައްޤީކޮށްފައިވާ މި ހޮޓަލަކީ 16 ބުރީގެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ހޮޓަލެކެވެ.

ހޮޓެލް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ވަޒީރުންނާއި، ބޭރު ޤައުމުތަކުގެ ސަފީރުން އަދި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތައް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ތާރިޤް ވިދާޅުވީ، “މިތަނުގައި ކޮންފަރެންސް ވަސީލަތްތަކަކީވެސް ވަރަށް ފުރިހަމައަށް ގިނަ ޚިދުމަތްތަކެއް ލިބޭގޮތަށް ތަރައްޤީކޮށްފައިވާ ވަސީލަތްތަކެއް. މީގެ ސަބަބުން މައިސް ޓުއަރިޒަމަށް މަގުފަހިވެގެންދާނެ” ކަމަށެވެ.

ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އަމާޒު; ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން އެންމެ އިސްކަމެއް ދެނީ ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ތަރައްޤީކުރުމަށެވެ. މިގޮތުން ހަކަތައިގެ ދާއިރާއާއި، ތިމާވެށި ރައްކާތެރިކުރުމާއި، ކުނި މެނޭޖްކުރުމުގެ ދާއިރާތަކަށް ޚާއްސަ ސަމާލުކަމެއް ދެވޭކަމަށް ވިދާޅުވިއެވެ.

ބާސެލޯ ނަސަންދުރަ ހޮޓަލުގައި 136 ކޮޓަރި ހިމެނޭއިރު، އޭގެ ތެރެއިން 95 ކޮޓަރިއަކީ މޫދު ފެންނަ ކޮޓަރިތަކެކެވެ. މީގެ އިތުރުން 116 މަތީ ފަންތީގެ ސާވިސް އެޕާޓްމަންޓްވެސް މި ހޮޓަލުގައި ހިމެނެއެވެ. ކުރީގެ ނަސަންދުރަ ޕެލެސް ހޮޓެލް ބަންދުކުރިތާ 10 އަހަރު ފަހުން ހުޅުވުނު މި ހޮޓަލަކީ މާލެ ސަރަހައްދުގެ ފަތުރުވެރިކަމަށް އައު ދިރުމެއް ގެނެސްދޭނެ ތަނެއްކަމަށް އުއްމީދު ކުރެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!