ޚަބަރު
ކުށުގެ ވެއްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށް މައުލޫމާތު ހޯދުމުގެ ހަރަކާތެއް!

ކުށުގެ ވެއްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށް މައުލޫމާތު ހޯދުމުގެ ހަރަކާތެއް މަޑަވެލި އަދި ހޯނޑެއްދޫގައި ފަށައިފިއެވެ.

މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް މި ހަރަކާތް ކުރިއަށް ގެންދަނީ މަޑަވެލި އަދި ހޯޑެއްދޫ އަވައްޓެރި ފުލުހުންނެވެ.

މި ހަރަކާތުގައި، ދެ ރަށުގެ ކަމުވޮށިގެންވާ ފަރާތްތަކާއި، އިސްރަށްވެހިންނާއި، މުއައްސަސާތަކުގެ ވެރިންގެ އިތުރުން ވިޔަފާރިވެރިންނާ ބައްދަލުކޮށް މައުލޫމާތު އޮޅުންފިލުވާނެއެވެ. އެގޮތުން، ރަށުގެ ކުށުގެ ވެށީގެ ހާލަތާއި ކުށްމަދުކުރުމަށް ރައްޔިތުންނާ ގުޅިގެން އިތުރަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް އަދި އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވާނެއެވެ.

މި ހަރަކާތުގެ ސަބަބުން، ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލުހޯދައިދީ އަދި ރައްޔިތުންނަށް އިތުބާރުކުރެވޭ ހިދުމަތެއް ފޯރުކޮށްދިނުމާއެކު ކުށުގެ ވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ކުށުގެ ބިރުވެރިކަން އޮތް މިންވަރު ދެނެގަނެ، ފުލުހުން އިތުރަށް މަސަައްކަތްކުރަންވީ ގޮތް ދެނެގަނެވޭއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!