ޚަބަރު
ބަންޑާރަ ކަޕްގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ވަޒީރު ރާފިޢު ބައިވެރިވެވަޑައިގެންފި

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ބަންޑާރަނައިބުގެ އޮފީހުގެ ރެކްރިއޭޝަން ކްލަބުން އިސްނައިގައިގެން ކުރިއަށްގެންދާ ބަންޑާރަ ކަޕްގެ އިނާމް ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައިފިއެވެ.

މި މަހުގެ 8 އިން 17 އަށް ކުރިއަށްދިޔަ މި މުބާރާތުގައި ފިރިހެން ޑިވިޜަނުގައި 13 ޓީމް އަދި އަންހެން ޑިވިޜަނުގައި 11 ޓީމު ވާދަކުރިއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޓީމް ބަލިކޮށް ޗެމްޕިއަންކަން ހޯދީ ޑްރަގް ކޯޓުންނެވެ. މިއީ އެ ޓީމުން ޖެހިޖެހިގެން މި މުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރެވެ.

މުބާރާތުގެ އަންހެން ބައިގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ކްރިމިނަލް ކޯޓު ބަލިކޮށް ޗެމްޕިއަންކަން ހޯދީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ޓީމެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމްތަކަށް ޗެމްޕިއަން ޓްރޮފީ ހަވާލްކޮށްދެއްވީ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

2022 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތަކީ ޝަރުޢީ އަދި ޤާނޫނީ ދާއިރާގެ މުއައްސަސާތަކާއި ޤާނޫނީ ޚިދުމަތްދޭ އަމިއްލަ ފަރާތްތަކުގެ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ވާދަވެރި މާޙައުލެއްގައި އެކުވެރިކަން އާލާކުރުމަށް ބާއްވާ މުބާރާތެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!