ޚަބަރު
މިދިޔަ އަހަރަށް ވުރެއް އާސަންދައަށް ކުރި ހޭދަ 24 އިންސައްތަ އިތުރު!

މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ މި އަހަރު ދައުލަތުގެ ބަޖެޓުން ގައުމީ ސިއްހީ އިންޝުއަރެންސް ނިޒާމު، އާސަންދައަށް ކުރި ޚަރަދު 24 އިންސައްތަ އިތުރުވެއްޖެއެވެ.

އާސަންދައިގެ ޚަރަދު ކުޑަކުރަން ސަރުކާރުން ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. ނަމަވެސް އެންމެ ފަހުގެ މާލީ ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރާ އަޅައިބަލާއިރު އަހަރުގެ މިހާތަނަށް އާސަންދައަށް ކުރި ޚަރަދުތައް މަހުން މަހަށް ދަނީ އިތުރުވަމުންނެވެ.

މި އަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން 829.4 މިލިއަން ރުފިޔާ އާސަންދައަށް ވަނީ ހޭދަކޮށްފައެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ޚަރަދުކޮށްފައިވަނީ 665.9 މިލިއަން ރުފިޔާ ކަމުން، މިއީ 163.5 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މިދިޔަ އަހަރު އާސަންދައަށް ބަޖެޓުގައި ޖެހީ 1.9 ބިލިއަން ރުފިޔާ ނަމަވެސް، އެއަށްވުރެ އިތުރަށް 1.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުން ދައްކައެވެ.

ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ ބައެއް ކުންފުނިތަކުން، ބައެއް މުހިންމު ބޭސް ސަޕްލައިކުރަމުން އައި އާސަންދަ ނިޒާމުގެ ތެރެއިން ހާހެއްހައި ޕަސެންޓުން އެ ކުންފުނިތަކަށް ފައިދާ ޖެހޭ ގޮތަށް ކަމަށެެވެ.

ސަބްސިޑީއަށް މި އަހަރުގެ މިހާތަނަށް ހިނގާފައިވާ ޖުމުލަ ޚަރަދުގެ 35.6 އިންސައްތައަކީ އާސަންދަ ފިޔަވައި ދައުލަތުން ފޯރުކޮށްދޭ އެހެނިހެން ސަބްސިޑީތަކަށް ކޮށްފައިވާ ޚަރަދެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!