ވައިއާރްއެފްގެ ސްޕައި ޔުނިވާސް އިން ގެނެސްދޭ، އަހަރުގެ އެންމެ އުންމީދީ އެއް ފިލްމުކަމަށްވާ ރިތިކް ރޯޝަންގެ “ވޯ 2” ގެ ޓީޒާ ނެރެ، ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.
އޮގަސްޓް މަހުގެ 14 ވަނަ ދުވަހު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ރިތިކާއި ދޭވްރާ އިން އާންމުންގެ މަޝްހޫރުކަމެއް ހޯދި ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާގެ ވަރުގަދަ ކުރިމަތިލުންތަކެއް ދައްކުވައި ދޭނެ ފިލްމެކެވެ. އެގޮތުން، “ވޯ 2” ގެ ޓީޒާ އިން ދެ ތަރިންގެ ކުރިމަތިލުންތަކެއް ފެނިގެންދެއެވެ.
މި ފިލްމަކީ އެންޓީއާރްގެ ފުރަތަމަ ބޮލީވުޑް ފިލްމުކަން ފާހަގަކޮށްލެވެއެވެ.
މި ފިލްމުގެ ޑައިރެކްޓަރ އަކީ “ބުރައްމަސްތުރާ” އާއި “ޔެ ޖަވާނީ ހޭ ދީވާނީ” ފަދަ ފިލްމުތައް ޑައިރެކްޓްކުރި އަޔާން މުކަރްޖީ އެވެ.
“ވޯ 2” ގެ ބަތަލާ އަކީ މިހާރު އަލަތު ދަރިފުޅަށް ބަލިވެއިން ކުޅަދާނަ އެކްޓްރެސް ކިއާރާ އަދުވާނީއެވެ. ކިއާރާ މި ފިލްމުގައި ފެނިގެންދާނީ ރިތިކްގެ ލޯބިވެރިޔާގެ ރޯލުންނެވެ.
މިއީ މި ދެ ތަރިން އެކީގައި ސްކްރީނަށް އަންނަ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

