ރިޕޯޓް
ފިޔޯރީ ރައީސް ފައިޒަރު: ރަށުގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްތަކަށް ޝުކުރު ތަޢުރީފު!

2004 ވަނަ އަހަރު ތަސްދީގު ކުރެވުނު އައު ޤާނޫނު އަސާސީ، އާދެ، ފެހި ޤާނޫނުއަސާސީ ވުޖޫދަށް އައުމާއެކު، ރާއްޖޭގައި ޑިމޮކްރެޓިކު ސިޔާސީ ނިޒާމެއް ޤާއިމުވެގެން ދިޔައެވެ. އޭގެ ފަހަތުން ދެން އައި ތަރައްގީގެ ފުރިހަމަ ކުލަވަރަށް އިތުރުވި އަލިކަމަކީ 6 އަހަރު ފަހުން، ލާމަރުކަޒީ ޤާނޫނުގެ ދަށުން ރަށްރަށުގައި އުފެދިގެން ދިޔަ ކައުންސިލުތަކެވެ. މިގޮތުން ގދ ފިޔޯރީގައިވެސް ކައުންސިލެއް އުފެދުނެވެ. ނަމަވެސް، އައި ގިނަ ކައުންސިލުތަކަށް ރަށުގެ ތަރައްޤީއަށް ފާހަގަކުރެވޭ ކުރިއެރުމެއް ހޯދައިނުދެވުނެވެ. ރައްޔިތުންގެ އުއްމީދުތަކަށް ދިރުމެއް ގެނެސް ނުދެވުނެވެ. ދެއްކި ފޮނި ހުވަފެންތަކަށް ކުލަ ނުގެނެސްދެވުނެވެ. އަހަރުތަކެއްވަންދެން ރައްޔިތުންގެ ހިތުގެ އަޑު އޮތީ ހިތާ ހަމައިގަ މަޑުޖެހިފައެވެ، ދުލާ ހަމައަށް ގެންނާނެ ހިތްވަރު ނެތި ކަރު އެލުވިފައެވެ. މި މަންޒަރު ބަދަލުވެގެން ދިޔައީ 2020 ވަނަ އަހަރު އިންތިޚާބުވި ކައުންސިލާ އެކުގައެވެ. ޚާއްޞަކޮށް، ކައުންސިލުގެ ރައީސްކަމަށް ހޮވުނު ރިވެލި ފައިޒަރު ރަޝީދުގެ ހިތްވަރާއި މަސައްކަތުންނެވެ.

ފައިޒަރު ރަޝީދު ކައުންސިލުގެ ރައީސްކަމާ ހަވާލުވިއިރު، ކައުންސިލުގެ ހާލަތު އޮތީ ވަރަށް ދަށު ދަރަޖައެއްގައެވެ. ރައްޔިތުންގެ އިޤްތިޞާދީ ފުދުންތެރިކަން އޮތީ ވަރަށް ދަށްވެފައެވެ. ރައްޔިތުންގެ މުދާ އޮތީ ބޭކާރު ގޮތުގައި އިސްރާފުވަމުންނެވެ. އަދި ކައުންސިލުން ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް ލިބުމަށް ރައްޔިތުން އާދޭސްކުރަން ޖެހޭ ހާލަތެއްގައެވެ.

ފައިޒަރު ރަޝީދު، ފިޔޯރީ ކައުންސިލުގެ ބައެއް ބޭފުޅުންނާއެކު

މި ހުރިހާ ކަމެއް ރަނގަޅުކުރުމަށް ފައިޒަރު ރަޝީދު ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ. ރައްޔިތުންގެ ފައިސާ ބޭކާރުވަމުންދިޔަ ދިޔުން ހުއްޓުވައި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އެތައް މަސައްކަތްތަކެއް ކުރެއްވިއެވެ. މީގެ ތެރޭގައި ސަރުކާރުގެ އެހީތެރިކަމާއެކު އާ ވަޒީފާތައް އުފެއްދުމާއި، ދަނޑުބިން ދޫކުރުމާއި، ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ޒަރީއާއިން ރަށުގެ އިޤްތިޞާދު ކުރިއެރުވުމަށް ކުރެވުނު މަސައްކަތްތައް ހިމެނެއެވެ.

ފައިޒަރު ރަޝީދުގެ ކައުންސިލު ރައީސްކަމުގައި ފިޔޯރީގެ ތަރައްޤީއަށް އެތައް ބަދަލުތަކެއް ގެނެވުނެވެ. މީގެ ތެރޭގައި ބިން ބޭނުންކުރުމުގެ ޕްލޭން (އެލް.ޔޫ.ޕީ) އެކުލަވާލައި، ފަތުރުވެރިކަމާއި ދަނޑުވެރިކަމަށް ބިން ދޫކުރެވޭނެ މަގު ތަނަވަސްކުރެވުނެވެ. އަދި ކައުންސިލް ހިންގުން ހަރުދަނާކުރުމަށްޓަކައި އައު އިދާރީ އޮނިގަނޑެއް އެކުލަވާލައި، މުވައްޒަފުންނަށް މަސައްކަތްކުރާނެ ރަނގަޅު މާހައުލެއް ޤާއިމުކުރެވުނެވެ.

ފައިޒަރު، ވަޒީރު ޝިޔާމާ ބައްދަލުކުރެއްވުމުގެ ތެރެއިން —

ރަށުގެ އަލިކަމުގެ ނިޒާމަށް އައި އެންމެ ބޮޑު ބަދަލަކީ، ކުރިން 34 ބައްތިއާއެކު މަހަކު 22,000 ރުފިޔާއަށް އަރަމުންދިޔަ ކަރަންޓު ބިލު، 54 ޒަމާނީ ބައްތިއާއި 75 ސޯލާ ލައިޓް ބެހެއްޓުމަށްފަހު 6,500 ރުފިޔާއަށް ދަށްކުރެވުނު ކުރެވުމެވެ. މީގެއިތުރުން، ކައުންސިލް އިދާރާގެ ކަރަންޓު ބިލު 19,000 ރުފިޔާއިން 3,000 ރުފިޔާއަށް ދަށްކުރެވުނެވެ. އަދި މިސްކިތްތަކުގެ ކަރަންޓު ބިލު 50,000 ރުފިޔާއިން 14,000 ރުފިޔާއަށް ކުޑަކުރެވުނެވެ.

މާލީ ހިންގުން ހަރުދަނާކުރުމުގެ ގޮތުން، ފެނަކައަށް ނުދައްކާ އޮތް 800,000 ރުފިޔާ ދެއްކުމާއެކު، މާލިއްޔަތު ގަވާއިދާ ޚިލާފު ޚަރަދުތައް ހުއްޓުވުނެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ކުރިން ފެނަކައިން ކައުންސިލަށް ބިލްކުރަމުންދިޔަ 120,000 ރުފިޔާ މިހާރު ވަނީ 30,000 އާއި 35,000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ދަށްކުރެވިފައެވެ.

ފައިޒަރު، ރައީސް ޑރ މުއިއްޒު ފިޔޯރީއަށް ވަޑައިގެންނެވުމުން، ރައީސަށް މަރުހަބާ ދެންނެވުން

ކުޅިވަރުގެ ރޮނގުން ފިޔޯރީއަށް ގިނަ ކުރިއެރުންތަކެއް ލިބުނެވެ. 2014 ގައި ކުޑަކުދިންގެ ޕާކުގައި އައުޓްޑޯ ޖިމެއް ޤާއިމުކުރެވި، ޒަމާނީ ވޮލީ ކޯޓެއް އެޅުނެވެ. އަދި އޮފީސް ކުޅިވަރު މުބާރާތް އަލުން ފެށުނެވެ. ހަމައެއާއެކު، ފޭސް ޖަމްޢިއްޔާގެ އެހީތެރިކަމާއެކު އަތޮޅު ފެންވަރުގެ ދެ ވޮލީބޯޅަ މުބާރާތް ފިޔޯރީގައި ކާމިޔާބުކަމާއެކު ބޭއްވުނެވެ.

ތަޢުލީމީ ދާއިރާގައި ދަރިވަރުންނާއި މުދައްރިސުންގެ ހިތްވަރު އިތުރުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެވުނެވެ. އެންމެ މޮޅު ދަރިވަރަށް ފައިސާގެ އިނާމު ދިނުމާއި، ގްރޭޑް 10 ނިންމާ ދަރިވަރުންގެ ވަދާޢީ ޙަފްލާ ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދެވުނެވެ. މުދައްރިސުންގެ އަގުވަޒަންކުރެވި، ސްކޫލުގެ 11 ކްލާސްރޫމާއި ސެން ކްލާހުގައި އެއަރކޮންޑިޝަން ބެހެއްޓި، ސްޓާފް ރޫމުގައި ޓައިލްސް އެޅުނެވެ.

ކުޅިވަރުގެ ކަންކަން ކުރިއެރުވުމުގައި ޒުވާނުންނަށް ހިތްވަރު ދެއްވައި ހެޔޮމަގުން ކުރިއަށް ގެންދެވުން، ފައިޒަރުގެ ހާއްސަ މަސައްކަތެއް

ޞިއްޙީ ދާއިރާގެ ޚިދުމަތްތައް ފުޅާކޮށް ފެންވަރު މަތިކުރެވުނެވެ. ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރެވި، އެއަރކޮންޑިޝަން ހަދިޔާކުރެވުނެވެ. އަދި ޒަމާނީ 8 އެނދާއި މެޑިކަލް ސާމާނު ހޯދައިދެވި، ކުޑަކުދިންގެ ބަރުދަން މިނުމަށް 2 ޑިޖިޓަލް މެޝިން ފޯރުކޮށްދެވުނެވެ.

ފިޔޯރީގެ އިޖްތިމާޢީ އަދި ޢުމްރާނީ ވަސީލަތްތައް ކުރިއެރުވުމަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރެވުނެވެ. ރަށުގެ ރީތިކަން އިތުރުކުރުމަށް މޮނިއުމެންޓެއް ބެހެއްޓި، ޒަމާނީ ފެންވަރުގެ ހިނަވާގެއެއް އިމާރާތްކުރެވުނެވެ.

ރަށުގެ ހުރިހާ މިސްކިތެއް އަލުން މަރާމާތުކޮށް ޒަމާނީ ފެންވަރަށް ބަދަލުކުރެވުނެވެ. މަސްވެރިންނަށް ފަސޭހަކުރުމަށް ވަދުކަނދުފަތި ޤާއިމުކުރެވި، އައު ނެރެއް ހެދުމުގެ މަސައްކަތް ފެށުނެވެ.

މުޖުތަމަޢުގެ އެކި ފަރާތްތަކުގެ އަގުވަޒަންކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެވުނެވެ. މިގޮތުން ކައުންސިލަށް ދިގު މުއްދަތަކަށް ޚިދުމަތްކުރި މުވައްޒަފުންނާއި މަސްވެރިންގެ ޚިދުމަތް ފާހަގަކުރެވި، އިސްރަށްވެހިންގެ ދުވަހެއް ވަކިން ފާހަގަކުރެވުނެވެ.

ފައިޒަރު ކައުންސިލު ރައީސެއްގެމަގާމުގައި ހުންނެވިޔަސް ރައްޔިތުންނާ ބާއްވަނީ އަޚުވަންތަ ގުޅުމެއް

މި ހުރިހާ މަސައްކަތެއްގެ އަސަރު ފެނިގެން ދިޔައީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، ކުރީގެ ކައުންސިލްތަކަށް ހާސިލް ނުކުރެވުނު އެތައް ކަމެއް ފިޔޯރީއަށް ލިބިގެން ދިއުމުންނެވެ. އިސްލާމްދީނުގެ ރޫޙު އާލާކޮށް، ޤުރްއާނާ މެދު ކުޑަކުދިންނާއި ޒުވާނުންނާއި އަދި ބެލެނިވެރިންގެ ހިތްތަކުގައި ލޯތްބާއި އިޙްތިރާމް އުފެއްދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވުނެވެ.

ސިޔާސީ ވިސްނުމަކާ ނުލައި ހުރިހާ ރައްޔިތުންނަށް އެއްހަމައެއްގައި ޚިދުމަތް ދިނުމުގެ އާ ސަގާފަތެއް އުފެދި، ފިޔޯރީގެ މުޖުތަމަޢު އެކުވެރި އެއް ޢާއިލާއެއްގެ ގޮތުގައި އަލުން އެކުވެރިވެގެން ދިޔައެވެ. ރަށުގެ މަގުތަކާއި ސަހަރާގައި ލައިޓް ޕޯސްޓް ޖަހައި، ރޭގަނޑު ވަގުތުތަކުގައި މަގުތައް އަލިކުރުމަށް ޒަމާނީ ނިޒާމެއް ޤާއިމްކުރެވުނެވެ. އަދި އައު ހިނަވާގެއެއް އެޅުމާއެކު ކަށުކަމާކެމީގެ ކަންކަން ފަސޭހަވެގެން ދިޔައެވެ.

ކުޅިވަރުގެ ރޫޙާއި އިޖުތިމާޢީ ގުޅުން އާލާކޮށް، ކުލަބު ޖަމްޢިއްޔާތަކަށް އެހީތެރިވެދީ ޔޫތު ސެންޓަރުގެ ބޭނުން އެންމެ ފައިދާހުރި ގޮތުގައި ހިފަން ފެށުނު އިރު، ރަށުގެ ވެށި ސާފުކޮށް ބެލެހެއްޓުމަށް އިޖުތިމާޢީ ކޮމެޓީ ހަރުދަނާކޮށް، ކުނި މެނޭޖްކުރުމުގެ މަސައްކަތްވެސް ދިޔައީ ކުރިއަށެވެ. ހަމައެހެންމެ، ރަނގަޅު ފެންވަރުގެ ތަޢުލީމެއް ފޯރުކޮށްދިނުމަށް ކުރެވުނު މަސައްކަތްތަކުގެ ސަބަބުން މުދައްރިސުންނާއި ދަރިވަރުންނަށް އަދި މުޅި ތަޢުލީމީ ދާއިރާއަށް ފާހަގަކުރެވޭ ކުރިއެރުންތަކެއް ވެސް ލިބުނުމެއެވެ.

ފައިޒަރު، ރަށުގެ ކޮންމެ ކަމެއް ވެސް ވަރަށް ގާތުން ބައްލަވައި ރަށުގެ ތަރައްގީގެ ކަންކަން ކުރިއަށްގެންވަނީ އާންމުންގެ ހިޔާލާައެކު ރައްޔިތުން ރުހޭ ގޮތަޖަށް

ފިޔޯރީގެ ކައުންސިލް ރައީސް ފައިޒަރު ރަޝީދުގެ ވެރިކަމުގައި ރަށަށް ލިބިފައިވާ ކުރިއެރުންތައް ގުނާއަދަދު ކުރެވޭ ވަރަށްވުރެ ގިނައެވެ. ރަސްމީ ނުރަސްމީ ގޮތުން އެކިކަހަލަ ކަންކަމަށް ވެދެއްވާފައިވާ އެހީތެރިކަމާއި ރަށާއި ރަށުގެ ރައްޔިތުންނަށްޓަކައި އަމިއްލަކަމެއްގެ ގޮތުގައި ދެކެވަޑައިގެން ކޮށްދެއްވާފައިވާ ހިދުމަތްތައް ގިނަގުނައެވެ. މީގެ ތެރޭގައި ރަށުގައި އަލަށް ބަނދަރެއް އެޅުމާއި، އޭޓީއެމްއެއް ބެހެއްޓުމާއި، ޒަމާނީ ވޮލީކޯޓެއް ޤާއިމުކުރުމާއި، އަލަދަނޑު ސަރަޙައްދާއި ރަށުގެ މަގުތައް ހެދުން ފަދަ މުހިންމު އެތައް މަޝްރޫޢުތަކެއް ހިމެނެއެވެ. މީގެ އިތުރުން، ރަށުގެ އިޤްތިޞާދީ ފެންވަރު މަތިކުރުމަށް ސަރުކާރާ ގުޅިގެން ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަމީ ފައިޒަރު ރަޝީދުގެ ޤާބިލުކަން ދައްކުވައިދޭ ކަމެކެވެ.

ތަރައްޤީގެ މި މުހިންމު މަރުޙަލާއަށްފަހު، 2026 ވަނަ އަހަރު ކައުންސިލުގެ އައު ދައުރަކަށް މަގު ތަނަވަސްވެފައިވެއެވެ. މިހާރު ހިނގަމުންދާ ދައުރުގައި ފައިޒަރު ރަޝީދު ވެވަޑައިގެންނެވި ހުރިހާ ވަޢުދުތަކެއް މިހާތަނަށް ކަމުގެ އެންމެ ފުރިހަމައަށް ފުއްދަވައިދެއްވާފައިވާކަން އެއީ ފަޚުރުވެރިކަމާއެކު ފާހަގަކޮށްލަންޖެހޭ ކަމެކެެވެ. އެހެންނަމަވެސް، ފައިޒަރު ޤަބޫލުކުރައްވަނީ ފިޔޯރީ އިތުރަށް ތަރައްޤީކުރަންޖެހޭ ދާއިރާތައް އަދިވެސް ހުރިކަމަށެވެ. މި ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ދުވާލާއި ރޭގަނޑު ކުރައްވަމުން ގެންދަވާކަމާއި، އޭގެ ނަތީޖާއެއްގެ ގޮތުން ބޮޑެތި ބައެއް މަޝްރޫޢުތައް ސޮއިކުރުމުގެ މަރުޙަލާއާ ހަމައަށް ގޮސްފައިވާ ކަމީ ހަގީގަތެކެވެ.

ފައިޒަރު، ވަޒީރު ރާފިއާ ބައްދަލު ކުރެއްވުން

ފިޔޯރީގެ ކޮންމެ ރައްޔިތަކުވެސް މިއަދު ވިސްނާލަންޖެހޭ އެންމެ މުހިންމު ކަމަކީ މި މަޝްރޫޢުތަކަށް އަތޮޅުގެ އެހެން ރަށްރަށުން ވެސް ވާދަކުރަމުންދާކަމެވެ. މި މަޝްރޫޢުތައް ފިޔޯރީގައި ޤާއިމުކުރެވޭނީ ކުރިއަށް އޮތް ކައުންސިލުގެ ދައުރަށް ރައްޔިތުން އިންތިޚާބުކުރާ ވެރިކަމަކީ ހަރުދަނާ އަދި ޤާބިލު ވެރިކަމަކަށް ވެގެންނެވެ. ޚާއްޞަކޮށް ކައުންސިލުގެ ރައީސްކަމަށް ހޮވޭ ފަރާތަކީ މުސްތަޤުބަލާމެދު ސާފު ތަޞައްވުރެއް އޮތް، ބޮޑެތި މަޝްރޫޢުތައް ރަށަށް ގެނައުމުގެ ވިސްނުމާއި ޙިކުމަތާއި ހިތްވަރު ހުރި ކުޅަދާނަ މީހަކަށް ވާންޖެހެއެވެ.

ގދ. ފިޔޯރީ ރިވެލި ފައިޒަރު ރަޝީދު ކުރިއަށް އޮތް ކައުންސިލުގެ ރައީސްކަމަށް ކުރިމަތިލައްވާފައިވަނީ ގިނަ ރައްޔިތުންގެ އެދުމުގެ މަތިންނެވެ. ފިޔޯރީގެ އެކި ކަންކޮޅުތަކުން މިއަދު ފެންނަމުންދާ ތަރައްޤީގެ ކުލަވަރު ގެނެސްދެއްވީ ކާކުކަން ރައްޔިތުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. ޚާއްޞަކޮށް، މިހާރު ފިޔޯރީގައި ޤާއިމުކުރުމަށް މަސައްކަތްކުރެވެމުންދާ ބޮޑެތި މަޝްރޫޢުތައް އެ މިސްރާބުން ކަސިޔާރުނުވެ ކާމިޔާބުގެ ދޮރޯށްޓާ ހަަމަށް ވާސިލު ވެގެންދާނީ، ފިޔޯރީ ކައުންސިލުގެ ރައީސްކަމަށް ކޮން ބޭފުޅެއް އިޚްތިޔާރުކޮށްގެންކަން ރައްޔިތުންނަށް ސާފުވާނެއެވެ.

ރަށާއި ރަށުގެ ރައްޔިތުންގެ ހައްގުގައި ފައިޒަރު ކުރައްވަމުން ގެންދަވާ އިޚްލާޞްތެރި ޚިދުމަތަކީ ފިޔޯރީގެ ތަރައްޤީއަށް އެޅިފައިވާ ހެޔޮފާލެއް

ފިޔޯރީއަށް ވޭތުވެދިޔަ އެއްވެސް ދައުރެއްގައި ޙާޞިލުނުކުރެވި އޮތް ކުރިއެރުމާއި ފާގަތިކަން މިއަދު ޙާޞިލުކުރެވިފައި އޮތީ ކޮން ފަރާތެއްގެ އިޚްލާޞްތެރި ޚިދުމަތުންކަން ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެއެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި އެ ފަރާތަކީ ގދ. ފިޔޯރީ ރިވެލި ފައިޒަރު ރަޝީދެވެ. 5 އަހަރުގެ ދައުރެއްގައި ބާކީ 1 އަހަރު އޮއްވާ ކެމްޕޭނުގައި ވެވަޑައިގެންނެވި ވަޢުދުތަކުގެ 95 ޕަސެންޓް މިހާރު އޭގެ އެންމެ ފުރިހަމަ މާނައިގައި ފުއްދަވައިދެއްވާފައިވުމަކީ ފައިޒަރު، އެހުންނެވި މަގާމަކީ ޙައްޤުވެގެންވާ މަގާމެއްކަން ހާމަވެ އެނގިގެންދާ އެންމެ ބޮޑު ހެކިކަން ޔަގީނެވެ.

މި ހިނގަމުންދާ ކައުންސިލުގެ ދައުރުގައި ފައިޒަރު ކުރައްވަމުން ގެންދަވާ އިޚްލާޞްތެރި ޚިދުމަތަކީ ފިޔޯރީގެ ތަރައްޤީއަށް އެޅިފައިވާ ހެޔޮފާލެއްކަމާމެދު އެއްވެސް ސުވާލެއް ނެތެވެ. އަދި ހަމައެހެންމެ، ފިޔޯރީގެ ރައްޔިތުންގެ ކުރިމަގަށް އެޅިފައިވާ ހިތްގައިމު ރިވެއްޔެއް ކަމާމެދުވެސް، (އައްޔެއް ކަމާމެދު) އެއްވެސް ޝައްކެއް ނެތެވެ. އަދި އިތުބާރު ކުރެވިދާނެ

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!