ޚަބަރު
ބްރިޓިޝް އެއަރވޭސް އިން އިޒްރޭލަށް ކުރާ ދަތުރުތައް މެދުކަނޑާލައިފި

ޔަމަނުގެ ހޫތީ ހަނގުރާމަވެރިންގެ މިސައިލް ހަމަލާތަކުގެ ނުރައްކާ ބޮޑުވުމާ ގުޅިގެން ބްރިޓިޝް އެއަރވޭސް އިން އިޒްރޭލަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލައިފިއެވެ.

އަންނަ ޖުލައި މަހުގެ ނިޔަލަށް ދަތުރުތައް މެދުކަނޑާލާފައިވާއިރު، ބްރިޓިޝް އެއާވޭސް އާއި ބޮޑެތި ބައެއް އެއާލައިންތަކުން ތެލްއަވީވްއަށް ކުރަމުން އައި ދަތުރުތައް މި މަހުގެ ކުރީކޮޅު މެދުކަނޑާލީ ބެން ގުރިއަން އެއާޕޯޓު ކައިރިއަށް ހޫތީން ހައިޕަސޮނިކް ބެލިސްޓިކް މިސައިލެއް ފޮނުވާ ދިން ހަމަލާގައި 8 މީހަކު ޒަހަމްވުމާއި ގުޅިގެންނެވެ.

ފަލަސްތީނުގެެ ޣައްޒާގައި އިޒްރޭލުން ހިންގަމުން ގެންދާ އުދުވާނާއި ގުޅިގެން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައު ހޫތީ ހަނގުރާމަވެރިން ދަނީ އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދެމުން އަންނަ އިރު، އިއްޔެވެސް ހޫތީ ހަނގުރާމަވެރިން ވަނީ 24 ގަޑިއިރުގެ ތެރޭގައި ތިން މިސައިލް ހަމަލާ ދީފައެވެ.

ނަސްލެއް ނައްތާލުމުގެ ނިޔަތުގައި އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން ގެންދާ އުދުވާނުގައި ޝަހީދުކޮށްލި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު މިހާރު 53،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، މި ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވަނީ 120،673 އަށް ވަނީ އަރައިފައެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ވަރަށް ގިނަ ބަޔަކު ތާށިވެފައި ތިބުމުގެ ސަބަބުން ޝަހީދުވެފައިވާ މީހުންގެ އަދަދު މިއަށް ވުރެ ވެސް އިތުރުވާނެ ކަމަށް ބެލެވޭއިރު، 45 އަށްވުރެ ގިނަ އާއިލާ އެއްކޮށް ނެތިގެން ގޮސްފައިވާކަމަށްވެސް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!