ޚަބަރު
އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން ބާއްވާ ބޮޑުބެރު މުބާރާތް މިރޭ ފަށަނީ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން ބާއްވާ ބޮޑުބެރު މުބާރާތް މިރޭ ފެށުމަށް ހަމަޖެހިފައިވާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.

މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ތާރީޚާއި ސަގާފަތުގެ މުއްސަނދިކަން ދައްކުވައިދީ، ބޮޑުބެރުގެ ވާދަވެރިކަމުގެ ތެރެއިން ދާއިރާއަށް އައު ތަރިން ނެރުމެވެ. އަދި ދިވެހިންގެ މެދުގައި މިކަމަށް އޮތް ޖޯޝާއި ފޯރި އާލާކޮށް، ޒުވާނުންގެ ހިތްތަކުގައި މި ކަމަށް ލޯބި ޖެއްސުމަކީވެސް މި މުބާރާތުގެ މަޤްޞަދެއްކަމަށް ބީސީސީން ބުނެއެވެ.

މުބާރާތުގައި ބައިވެރިވާ 6 ގްރޫޕުގެ ހުށަހެޅުންތައް ކުރިއަށް އޮތް 3 ދުވަހު ކުރިއަށްދާނެއެވެ. މިރޭ މުބާރާތް ފަށާނީ ކާށިމަޖާ ލަވަތަކުންނެވެ. މާދަމާ ރޭ ބަބުރު ލަވައަށް ހާއްސަ ކުރެވިފައިވާއިރު، 3 ވަނަ ރޭ ގްރޫޕްތަކުން ހުށަހަޅާނީ އަމިއްލައަށް އިޙްތިޔާރުކުރާ ބާވަތެއްގެ ލަވަތަކެވެ. މުބާރާތުގައި ގްރޫޕްތަކުން ހުށަހަޅާ ލަވަތަކަށް، ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށް އާންމުންނަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލާނެއެވެ.

ބީސީސީގެ އެސިސްޓެންޓް މެނޭޖަރ މުހައްމަދު ޝަމްޢޫން ވިދާޅުވެފައިވަނީ، “މުބާރާތަކީ ދިވެހިންގެ ސަޤާފަތް ދައްކާލުމުގެ ލިބިގެންދާ ފުރުސަތެއް، ކޮންމެ ގްރޫޕަކުންވެސް އިޝީނދެގެން، އިހުގެ ގޮތަށް ލަވައެއް ހުށަހަޅަން ޖެހޭނެ ގޮތަށް އިންތިޒާމު ކޮށްފައިވާނެ” ކަމަށެވެ. މީގެ ސަބަބުން، ބޮޑުބެރު ސަޤާފަތް ދިރުވުމަށް މަގުފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މުބާރާތުގެ ފައިނަލް އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. އެދުވަހުގެ ހަވީރާއި ރޭގަނޑު މުބާރާތުގެ ފައިނަލްގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށް ބީސީސީން މަޢުލޫމާތު ދީފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!