ޚަބަރު
ޖެހިޖެހިގެން 3 ރޭ ހުޅުމާލޭގައި ހަވާ އަރުވަނީ، މިރޭވެސް މަންޒަރު ބަލާލުމުގެ ފުރުސަތު

ހުޅުމާލޭގައި މިރޭވެސް ހަވާ އަރުވަން ތައްޔާރުވެއްޖެއެވެ. މިއީ ހުޅުމާލޭގައި ހަވާ އަރުވާ ތިންވަނަ ރެއެވެ.

އެމްއެންޑީއެފުން މިއަދު އިއުލާންކޮށްފައިވާ ގޮތުގައި މިރޭ ހަވާ އަރުވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރުއްގަނޑު ސަރަހައްދުގައި ރޭގަނޑު 9:45 ގައެވެ. މި ހަވާ އެރުވުން ދެމިގެންދާނީ ތިން މިނެޓެއްހާ އިރުއެވެ.

މިރޭ ހަވާ އަރުވަނީ ލިވަޕޫލް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ އުފަލުގައެވެ. ރާއްޖޭގެ އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބުން މި ހަވާ އެރުވުން އިންތިޒާމުކުރާއިރު، ހަވާ އެރުވުމަށް ނިންމާފައިވަނީ މިރޭ ލިވަޕޫލާއި ކްރިސްޓަލް ޕެލެސް ކުޅޭ މެޗު ނިމުމުން ކަމަށް އެ ކުލަބުން ބުނެފައިވެއެވެ.

ފާއިތުވެދިޔަ ދެރޭގައިވެސް ހުޅުމާލޭގައި ހަވާ އަރުވާފައިވެއެވެ. އެގޮތުން ހުކުރު ދުވަހުގެ ރޭ ހުޅުމާލޭ ފެރީ ޓާމިނަލާ ދިމާ ބޭރުން ހަވާ އަރުވާފައިވަނީ “މޯލްޑިވްސް އެކްސްޕޯ 2025” ފެށުމުގެ މުނާސަބަތުގައެވެ. އަދި އިއްޔެ ރޭ ހަވާ އަރުވާފައިވަނީ ސަންގު ޓީވީގެ 10 ވަނަ އަހަރީ ދުވަހާ ގުޅިގެންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!