ޚަބަރު
ސްޓެލްކޯގެ ސްޓޯލަށް ރައީސްގެ ދެކަނބަލުން ޒިޔާރަތް ކުރެއްވުން; ލިބުނު ‘ޚާއްޞަ ޝަރަފެއް’: ސްޓެލްކޯ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ޤާއިމުކޮށްފައިވާ ސްޓޯލަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ޒިޔާރަތްކުރެއްވުމަކީ ކުންފުންޏަށް ލިބުނު “ޚާއްޞަ ޝަރަފެއް” ކަމުގައި ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން އެކްސް ޕްލެޓްފޯމްގައި ޝާއިޢުކުރި ޕޯސްޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ރައީސް މުޢިއްޒު އަދި އަނބިކަނބަލުން މި ޒިޔާރަތުގައި ސްޓެލްކޯގެ ސްޓޯލާ ގުޅޭ މަޢުލޫމާތު ހޯއްދަވައި، ކުންފުނީގެ މުވައްޒަފުންނާއެކު ވަގުތުކޮޅެއް ހޭދަކުރެއްވިއެވެ. އަދި މި ޒިޔާރަތަށްޓަކައި ރައީސް މުޢިއްޒަށާއި އަނބިކަނބަލުންނަށް ސްޓެލްކޯއިން ވަނީ ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ.

ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދާއިރާއިން ސްޓެލްކޯއަށް ވަނީ އެއްވަނަ ހާސިލުކުރެވިފައެވެ.

މި މައުރަޒަކީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެން އިންތިޒާމުކޮށްގެން ބާއްވާ މައުރަޒެކެވެ. މައުރަޒު ކުރިއަށްދަނީ 23 މެއި އިން 31 މެއިގެ ނިޔަލަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!