ޚަބަރު
ރައުދަށް ދައުވާ ކުރަން ޕީޖީ އަށް

މާލޭ ހެންވޭރުގައި ހުންނަ އިމާރާތެއްގެ މައްޗަށް ހައްވާ ޔުމްނު ރަޝީދު ނަަމަކަށް ކިޔާ އަންހެނަކު ވެއްޓުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ބުނި ގޮތުގައި، ރައުދުއަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ނަމަވެސް ދައުވާގެ ތަފްސީލް ހާމަނުކުރައްވައެވެ.

އެ މައްސަލަ ޕީޖީން ބަލައިގެންފައިވާއިރު މައްސަލައިގައި ރައުދާ ދެކޮޅަށް ދައުވާ ކުރަން ފެނޭތޯ 15 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެއެވެ.

ރައުދު މިހާރު ހުރީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފަސް ދުވަހަށް ބަންދުކޮށްފައެވެ.

ޔުމްނު ވެއްޓުނު މައްސަލާގައި ރައުދު ހައްޔަރުކުރީ މިދިޔަ މަހުގެ 24ވަނަ ދުވަހުގެ ރޭ 18:20ގަ އެވެ. އެފަހުން ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، އެންމެ ފުރަތަމަ އޭނާގެ މައްޗަށް ޖެހީ ފަސް ދުވަހެވެ. އޭގެފަހުން، އިތުރު ދިހަ ދުވަސް ޖަހައި، އެ މުއްދަތު ހަމަވުމުން ފަސް ދުވަސް ޖަހެމަށްފަހު، މިދިޔަ ބުރާސްފަތި ދުވަހު ވަނީ 20 ދުވަސް އިތުރުކޮށްފައެވެ.

އަދި އެ މުއްދަތު ހަމަ ނުވަނީސް މިމަހު 22 ވަނަ ދުވަހުގެ ހެނދުނު އޭނާ ދޫކޮށްލާފައިވާއިރު، ހަމަ އެދުވަހު ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!