ޚަބަރު
އިތުރު ޓެކްސްތަކެެއް ނެގުމަށް ނިންމައިފި

ދިވެހިރާއްޖޭގެ އެއާޕޯޓްތަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި، ފީ އެއް ނެގުމަށް ނިންމައިފިއެވެ. ޓެކްސްއާއީ ފީ ނެގުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުނު ބިލް މި މަހުގެ 5 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާގައި ވަނީ ފާސްކުރަށްވައިފައެވެ.

ބިލަށް ގެނެވުނު އިސްލާހުތަކާއެކު ޓެކްސާއި ފީ ނެގުމުގެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އިއްޔެގެ ވަގުތެއްގައި ވަނީ ތަސްދީޤު ކުރައްވާފައެވެ. މި ބަދަލާއެކު ރާއްޖޭގެ އެއަރޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން، ކަނޑައެޅިފައިވާ ގޮތުގެ މަތިން ޑިޕާޗަރ ޓެކްސްގެ ނަމުގައި ޓެކްސްއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިޤާނޫނަށް ގެނެވުނު އިސްލާހުތަކުގެ ތެރޭގައި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖާއި، ކަނޑައެޅިފައިވާ ގޮތުގެ މަތިން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ނަމުގައި ފީއެއް ނެގުމަށް ވަނީ ނިންމައިފައެވެ.

  • ދަތުރުކުރާ ކްލާހަށް ބިނާކޮށް ދިވެހިންނާއި ބިދޭސީންގެ އަތުން ނަގާ ޓެކްސް:ބިޒްނަސް ކްލާސް – 60 އެމެރިކާ ޑޮލަރު
    ފަސްޓް ކްލާސް – 90 އެމެރިކާ ޑޮލަރު
    ޕްރައިވެޓް ޖެޓް – 120 އެމެރިކާ ޑޮލަރ

އިކޮނޮމީ ކުލާހުގައި ދަތުރުކުރާ ބިދޭސީންގެ އަތުން 30 ޑޮލަރު ނެގި ކަމުގައި ވިޔަސް ދިވެހިންގެ އަތުން ނަގާނީ 12 ޑޮލަރެވެ. މި ޓެކްސްތައް ނަގާނީ 2022 ވަނަ އަހަރުގެ ޖެނުއަރީ 01 ވަނަ ދުވަހުން ފެށިގެންނެވެ. އެހެން ނަމަވެސް، ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުންނާއި، ޓްރާންސިޓް ފަސިންޖަރުންނާއި، ޢުމުރުން 2 އަހަރު ފުރިހަމަނުވާ ކުޑަކުދިން ޑިޕާޗަރ ޓެކްސް ނެގުމުން އިސްތިސްނާވާނެ ކަމަށް މި ޤާނޫނުގައި ބުނެފައިވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!