މިދިޔަ މާރޗް މަހު ރިލީޒްކުރި ސަލްމާން ޚާންގެ ފިލްމު “ސިކަންދަރު” ނެޓްފްލިކްސް އިން ޕްރީމިއާކޮށްފި އެވެ.
ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، އޭއާރް މުރްގަދޯސް ޑައިރެކްޓްކޮށް އުފެއްދި މި އެކްޝަން ފިލްމަށް ބޮކްސް އޮފީހުގައި އުންމީދުކުރި ވަރުގެ ތަރުހީބެއް ލިބިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
ފިލްމުގައި ސަލްމާން ޑަބަލް ރޯލެއް ކުޅެފައިވާ އިރު، ފިލްމުގެ ބަތަލާގެ ރޯލު ކުޅެފައިވަނީ ރަޝްމިކާ މަންދަނާ އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޝަރުމަން ޖޯޝީ، ކާޖަލް އަަގަރްވާލް، ޕްރަތީކް ބައްބަރް، ސަތިއަރާޖް، ސަންޖޭ ކަޕޫރް އަދި ނަވާބު ޝާހް ހިމެނެ އެވެ.
ޖުމްލަ 200 ކްރޯޑް ރުޕީސް (23.5 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި “ސިކަންދަރު” އަށް ބޮކްސް އޮފީހުގައި ލިބުނީ 177 (21 މިލިއަން ޑޮލަރު) އެވެ.

