ދީޕިކާ ޕަދްކޯން ގެންނަން މަސައްކަތްކުރި ޕްރަބާސްގެ ފިލްމު “ސްޕިރިޓް” ގެ ބަތަލާގެ ރޯލަށް ޓްރިޕްތީ ދިމްރީ ނަގައިފި އެވެ.
ފިލްމުގެ ޓީމުން އެކަން ރަސްމީކޮށް އިއުލާން ކޮށްފައިވާއިރު، ޓްރިޕްތީ ވަނީ، މި ފިލްމުގެ ޑައިރެކްޓަރ ސަންދީޕް ރެޑީ ވަންގާ އެންމެ ފަހުން ގެނެސްދިން ފިލްމު ކަމަށްވާ 2023 ގެ “އެނިމަލް” ގެ ރޯލެއް ވެސް ޒުވާން ބަތަލާ ކުޅެފައިވާކަމެވެ.
މި އަހަރުގެ އޮކްޓޯބަރ މަހު ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ “ސްޕިރިޓް” އަށް ޓްރިޕްތީ ނެގި އިރު، މި ފިލްމުގެ ޑައިރެކްޓަރ ސަންދީޕް ރެޑީ ވަންގާ އެންމެ ފަހުން 2023 ވަނަ އަހަރު ގެނެސްދިން ފިލްމު ކަމަށްވާ “އެނިމަލް” ގެ ރޯލެއް ވެސް ޒުވާން ބަތަލާ ކުޅެފައިވާކަމެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޓްރިޕްތީ މި ފަހަރު ފެނިގެންދާނި ފުލުހެއްގެ ރޯލުންނެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ނެރުނު “ބޫލް ބުލައްޔާ 3” އިންނެވެ.

