ޚަބަރު
މާފުށީގައި އާދަޔާ ހިލާފަށް މެހި ގިނަވެ ރައްޔިތުން ތަކުލީފުގައި، ސަބަބކީ ކުނީގެ މައްސަލަ!

ކ. މާފުށީގައި އާދަޔާ ހިލާފަށް މެހި ގިނަވެ، ރައްޔިތުންނަށް އެކަމުގެ އުނދަގޫ ވަރަށް ބޮޑުވެ، ތަކުލީފަކަށް ވެއްޖެ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

މިކަމާ ގުޅޭގޮތުން މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހް ވިދާޅުވީ، “ކުނި ގިނަވެގެން، ވެމްކޯއިން ކުނި ނުގެންދެވި މިފަހަރު ލަސްވީމަ، އެސރަހައްދުން މެހީގެ އުނދަގޫ ފޯރަމުން ދަނީ  އެކަމުން ރައްޔިތުންނަށްވެސް ވަނީ ތަކުލީފަކަށް ވެފައި، އެކަމަކު މިހާރު މަޑުމަޑުން ކުނި ގެންދަން ފަށައިފި” ކަމަށެވެ.

ކުރިން ވެމްކޯއިން ވަރަށް އަވަސް އަވަހަށް ކުނި ގެންދިޔަ ނަމަވެސް، މިފަހަރު ތަންކޮޅެއް ލަސްވެފައިވާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. ވެމްކޯއިން ވެސް ފާހަގަކުރައްވާފައިވަނީ ރަށުގައި މެހި ގިނަވެގެން އުޅެނީ ކުނި ނުގެންދެވި ގިނަ ދުވަސްތަކެއް ވުމުން ކަމަށް ބެލެވޭ ކަމަށެވެ.

މާފުށީގައި މެހި މިހާ ގިނަވެފައިވާތީ، އެކަން ހައްލު ކުރުމަށް ކައުންސިލާއި ވެމްކޯ ގުޅިގެން ވަނީ މެހި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށައިފައެވެ

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!