ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ސިދާތު މަލްހޮތްރާ އާއި ޖާންވީ ކަޕޫރް އެކީގައި ކުޅުނު ފުރަތަމަ ފިލްމު “ޕަރަމް ސުންދަރީ” ގެ ޓީޒާ ދައްކާލައިފިއެވެ.
އަންނަ ޖުލައި މަހުގެ 25 ގައި ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ކާމިޔާބު ފިލްމުތަކެއް ގެނެސްދެމުން އަންނަ ޕްރޮޑިއުސަރ ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ގެނެސްދޭ ރޮމޭންޓިކް ކޮމެޑީއެކެވެ.
މި ފިލްމަކީ މެޑޮކް ފިލްމްސް އަށް ސިދާތު ކުޅުނު ފުރަތަމަ ފިލްމު ކަމަށްވީއިރު، މިއީ ޖާންވީގެ ދެވަނަ ފިލްމެވެ. ކުރީގެ ބަތަލާ ސްރީދޭވީގެ ދޮށީ ދަރިފުޅު، މެޑޮކް އަށް ކުޅުނު ފުރަތަމަ ފިލްމަކީ 2021 ވަނަ އަހަރު ނެރުނު ކޮމެޑީ ހޮރޯ “ރޫހީ” އެވެ.
“ޕަރަމް ސުންދަރީ” އިން އުތުރު އިންޑިއާގެ ފިރިހެނަކާއި ދެކުނު އިންޑިއާގެ އަންހެނެއްގެ ލޯބީގެ ވާހަކަ ދައްކުވައިދޭއިރު، މި ފިލްމުގެ ޑައިރެކްޓަރަކީ 2022 ވަނަ އަަހަރު ގެނެސްދިން ސޯޝަލް ކޮމެޑީ “ދާސްވީ” ޑައިރެކްޓްކޮށްފައިވާ ކުޅަދާނަ ޑައިރެކްޓަރ ތުޝާރު ޖަލޯޑާއެވެ.
ޖާންވީ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ނެރުނު އެކްޝަން ޑްރާމާ “ދޭވްރާ: ޕާޓް 1” އިންނެވެ. ސިތާދުގެ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރުގެ މާރޗް ގައި ގެނެސްދިން އެކްޝަން ތުރިލާ “ޔޯދާ” އިންނެވެ.

