ޚަބަރު
މާދަމާ އަކީ އުފެއްދުންތެރިކަމުގެ މައުރަޒުގެ ފަހު ދުވަސް، ޚާއްސަ ކޮށްފައިވާނީ، އާއިލީ ދުވަހެއްގެ ގޮތުގައި!

މާދަމާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ނިމިގެންދާއިރު، ކުރިއަށްގެންދާ ޙަރަކާތްތައް ޚާއްޞަކޮށްފައިވާނީ، އާއިލީ ދުވަހެއްގެ ގޮތުކައި ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެހެންދުވަސްތަކާއި ޚިލާފަށް މާދަމާ ހެނދުނު 7:00 އިން 11:00އަށް ކުޑަކުދިންނާ ގުޅޭ އެކި ކުޅިވަރުތައް މައުރަޒުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށާއި، އެހެން ދުވަހެކޭވެސް އެއްގޮތަށް ހަވީރު 4:00 އިން 6:00އަށް އަދި ރޭގަނޑު 8:00 އިން 11:00އަށް މައުރަޒުގެ ޙަރަކާތްތައް ކުރިއަށްދާނެ ކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.

މާދަމާއަކީ މި މައުރަޒު ކުރިއަށްދާނެ އެންމެ ފަހު ދުވަސްކަން ފާހަގަކުރައްވާ އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހެ ވުޒާރާއިން ވިދާޅުވީ، އެހެން ދުވަސްތަކާ ޚިލާފަށް މާދަމާ ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އަށް މިހާތަނަށް 150،000 (އެއްލައްކަ ފަންސާސްހާސް)އަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަގުސަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް ބާއްވާ މައުރަޒެކެވެ. މި މައުރަޒު ކުރިއަށްދާނީ 23 މެއި އިން ފެށިގެން 31 މޭގެ ނިޔަލަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!