ޚަބަރު
‘ކަމަނާ’ގެ ބޮޑު ކާމިޔާބީއަށް ފަހު، މިފަހަރު ކަނބުލޮ!

ކަމަނާގެ ބޮޑު ކާމިޔާބީއަށް ފަހު، ކިޑް ޕްރޮޑަކްޝަންސްއިން “ކަނބުލޮ” ލޯންޗު ކޮށްފިއެވެ.

ގެވެށި އަނިޔާއާއި ކުޑަކުދިންނަށް ކުރާ ގޯނާގެ މައްޗަށް އަލިއަޅުވާލާ ދިވެހި ފިލްމު “ކަނބުލޮ” ވަނީ ރަސްމީކޮށް ތަޢާރަފުކޮށްފައެވެ. މި ފިލްމަކީ ކިޑް ޕްރޮޑަކްޝަންސްއާއި ސެޓަރން ސްޓޫޑިއޯ ގުޅިގެން އުފައްދާ ފިލްމެކެވެ.

މި ފިލްމުގައި ބުނެދެނީ، މުޖުތަމަޢުގައި އަބުރުވެރިންގެ ގޮތުގައި އުޅޭ މީހުން، ގޭތެރޭގައި ފޮރުވިގެން ތިބެ ކުޑަކުދިންނަށް ކުރަމުންދާ ގޯނާތަކާއި، އެކުދިންނަށް ކުޑައިރުގައި ލިބޭ އަނިޔާތަކުގެ ސަބަބުން ޒަވާޖީ ހަޔާތަށް ކުރާ އަސަރުތަކުގެ ވާހަކައެވެ. އަދި ނުފޫޒުގަދަ މީހުން އަދުލުއިންސާފުގެ މައްޗަށް އަތްގަދަކުރާ ގޮތާއި، ނިކަމެތި ކުދިންނަށް ކުރާ ޖިންސީ އަދި ޖިސްމާނީ އަނިޔާގެ މައްޗަށް އިންސާފު ހޯދަން އަނިޔާ ލިބުނު ކުއްޖާ ކުރާ ހިތްވަރުގަދަ މަސައްކަތުގެ ވާހަކައެވެ.

ފިލްމުގެ މައިގަނޑު ރޯލުތަކުގައި ފެނިގެންދާނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާސިއާ މުހައްމަދު އަދި މަރިޔަމް ޝަކީލާ އެވެ. މި ފިލްމުގެ ޕްރޮޑިއުސަރުންގެ ގޮތުގައި ތިބީ ކާމިޔާބު ފިލްމު “ކަމަނާ” ގެ ޕްރޮޑިއުސަރުންކަމުގައިވާ ޝާނިޒް އަލީ އާއި ހުސެން މުނައްވަރެވެ.
މިއީ، 2009 ވަނަ އަހަރު ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ބޭއްވި ދިގު ވާހަކަ ލިޔުމުގެ ޤައުމީ މުބާރާތުން އެންމެ މޮޅު ވާހަކައިގެ ޝަރަފު ހޯދި ޔަޝްފާ ޢަބްދުލް ޣަނީގެ “ޔުކްތާ” ގެ ވާހަކައަށް ހަދާ ފިލްމެކެވެ. “ޔުކްތާ” ވާހަކައިގެ ސްކްރީން ޕްލޭ ލިޔެފައިވަނީ މަހުދީ އަހުމަދެވެ. އަދި ފިލްމު ޑައިރެކްޓްކުރަނީ 2024 ވަނަ އަހަރު ނެރުނު “ކަމަނާ” ގެ ޑައިރެކްޓަރު ހުސެން މުނައްވަރެވެ. މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ.

“ކަނބުލޮ” އަކީ އަނިޔާވެރިކަމާއި، ހިތާމަޔާއި، ހިތްދަތިކަމުގެ ތެރެއިން އުންމީދާއި ލޯތްބާއި އުފާވެރިކަން ދައްކުވައިދޭ މީ ފިލްމަކީ ހޭލުންތެރިކަން އިތުރުކުރުމަށް ބާރު އަޅާނެ އެހީތެރިއަކަށް ވާނޭ ފިލްމެއްކަން ގައިމެވެ.
ހަމައެހެންމެ މުޖުތަމަޢުގެ ކޮންމެ މަޔަކުވެސް ބަފަޔަކުވެސް އަދި ކޮންމެ ބެލެނިވެރިޔަކު ވެސް ބަލާލަން މުހިންމު ފިލްމެއްކަމަށް ފިލްމުގެ ޕްރޮޑިއުސަރުން ވަނީ ފާހަގަކޮށްފައެވެ.

 ކަނބުލޮ 

ޔުކްތާ ވާހަކަ ކިޔާފައިވާ މީހަކަށްވާތީ މިފިލްމުގައި ހިތަށް އަސަރުކުރުވާނެ މަންޒަރުތަަކާއި، އަނދިރި ފަރާތުގައި އޮންނަ އަނިޔާވެރި ވޭންދެނިވި ކަންތައްތައް ވެސް ފެންނާނެ ކަން އެނގެއެވެ .ޝައްކެއްނެތެވެ. މިއީ ހަމަ ޔަގީނުންވެސް ހަނދާނުން ފިލުވާލަން ދަތިވާނެ ފިލްމަކަށް ވާނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!