ެބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި، ނެޓްފްލިކްސްގެ ސުޕަނެޗްރަލް މިސްޓްރީ ކޮމެޑީ ފިލްމު، “ވެނިޒްޑޭ” ގެ ސީޒަން 2 ގެ ޓްރެއިލާ ރިލީޒްކޮށްފިއެވެ.
ދެ ބަޔަކަށް ބަލައިގެން ސީޒަން 2 ގެނެސްދޭއިރު، މި ސީޒަންގެ ފުރަތަމަ ބައި ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 6 ގަ އެވެ. އަދި ދެވަނަ ބައި ނެރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ މަހުގެ 3 ގަ އެވެ.
މި ސީޒަންގައި މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާގެ ހާއްސަ ފެނިލުމެއް ވެސް ހިމެނޭއިރު، މި ފަހަރުވެސް ފިލްމުން ޝައުގުވެރި އެތައް ކަމެއް ފެނިގެންދާނެއެެވެ.
ވެނިޒްޑޭ” ގެ ފުރަތަމަ ސީޒަން ނެރުނީ 2022 ވަނަ އަހަރުގެ ނޮވެމްބަރުގަ އެވެ. ފުރަތަމަ ސީޒަންގައި 8 އެޕިސޯޑް ގެނެސްދީފައިވާއިރު، މި ފިލްމުގެ ލީޑް އެކްޓްރެސް އަކީ މަޝްހޫރު ތަރި ޖެނާ އޯޓެގާ އެވެ.