ޚަބަރު
ގަދަ ހޫނުގެ ސަބަބުން ހީޓްސްޓްރޯކް ޖެހިގެން ހައްޖާޖީންނަށް ފަރުވާ ދެނީ

ގަދަ ހޫނުގެ ސަބަބުން މިއަހަރު ހައްޖަށް ދިޔަ ހައްޖާޖީންނަށް ހީޓް ސްޓްރޯކް ޖެހި، ފަރުވާ ދޭން ފަށައިފިއެވެ.

މި އަހަރުގެ ހައްޖު މޫސުން ފެށިފައިވާއިރު، މައްކާގައި ހޫނު ގަދަވެފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ މޫސުމާބެހޭ އިދާރާއިން ވަނީ ބުނެފައެވެ.

ދުވާލުގެ ވަގުތުތަކުގައި ފިނިހޫނުމިން 40°C އާއި 47°C އާ ދެމެދުގައި ކަމަށްވުމުން، މިހާތަނަށް ގިނަ ހައްޖާޖީންނަށް ހީޓް ސްޓްރޯކް ޖެހިގެން ފަރުވާ ދީފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ގަދަ ހޫނުގެ ސަބަބުން ދިމާވެދާނެ މައްސަލަތައް ކުޑަކުރުމުގެ ގޮތުން ސައުދީ ސަރުކާރުން ތާރީހުގައި މިހާތަނަށް ނުދެކޭފަދަ ގިނަ ތައްޔާރީތަކެއް ވެފައިވާއިރު، އެގޮތުން.

  1. 200 އެނދުގެ އިމަޖެންސީ ހޮސްޕިޓަލަކާއި، 1,200 އެނދުގެ 3 ފީލްޑް ހޮސްޕިޓަލް ގާއިމް ކުރުން.
  2. 500 އަށްވުރެ ގިނަ ސިއްހީ އެހީތެރިން މައްކާ، މިނާ އަދި އަރަފާތުގައި ގާއިމް ކުރުން
  3. 50,000 އަކަމީޓަރަށް ހިޔާކުރެވިފައިވާ މަގުތައް އިތުރު ކުރުން.
  4. 400 އަށްވުރެ ގިނަ މިސްޓިން ފޭން އަދި ފެން ލިބޭނެ ތަންތަން ގާއިމް ކުރުން.

މީގެ އިތުރުން، ހޫނުގެ ސަބަބުން ދިމާވެދާނެ މައްސަލަތަކާއި ބެހޭ ގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ފަށައިފައިވާއިރު، ހައްޖާޖީންނަށް ފިނި ފެނުން މޫނު ދޮވުމަށާއި،އެނބުރުމާއި ބޮލުގައި  ރިއްސުން ފަދަ އަލާމާތްތައް ފެނިއްޖެނަމަ ވަގުތުން ސިއްހީ އެހީ ހޯދުމަށް އިރުޝާދު ދަނީ ދެމުންނެވެ.

މިދިޔަ އަހަރުގެ ހައްޖު މޫސުމުގައިވެސް  ގަދަ ހޫނުގެ ސަބަބުން ގިނަ ހައްޖާޖީންނަށް ވަރަށް ގިނައިން ހީޓް ސްޓްރޯކް ޖެހުނުކަމަށް އެކިއެކި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!