މަޢުލޫމާތު
ފަތިސްތަރި: ފުރާވަރުގެ ދަރިފުޅު ކިޔެވުމާ ދުރުވެ އުޅުމަށް ބަދަލު އައުން؛ ނާޒުކު ހާލަތެއް، ހަރުކަށި ނުވެ ހައްލު ކުރާށެވެ!

ފުރާވަރަކީ ކުދިންނަށް ބަދަލުތަކެއް އަންނަ، ނަފުސާނީ ޖިސްމާނީ ގޮތުން އަންނަ ބަދަލުތަކާމެދު ކަންބޮޑުވާ އުމުރެކެވެ. އެންމެ ސަމާލުކަންދޭން ޖެހޭ އުމުރެވެ. މައިންބަފައިންނާއި ބެލެނިވެރިންގެ ސަމާލުކަން އެންމެ ބޮޑަށް ދޭންޖެހޭ ނާޒުކު އުމުރެވެ. މިވަގުތު ދަރިފުޅަށް ގާތް އެކުވެރިއެއްގެ ސިފައިގައި ބަައްދަލުކުރާށެވެ. އެންމެ ފަސޭހައިން ދަރިފުޅާ ގާތްކަން ބާއްވައި އިތުބާރު ހޯދާށެވެ، އޭރުން އެކުދިންނަށް އެކުދިންގެ އިހުސާސްތައް ހިއްސާކޮށްލަން އުނދަގޫ ނުވާނެއެވެ.

އުމުރުފުރައިގެ ތެރެއިން އެންމެ ބޮޑެތި ބަދަލުތަކާއި ކުރިމަތިލާންޖެހޭ ދުވަސްވަރަކީ ފުރާވަރެވެ. މި ދުވަސްވަރުގައި ދަރިވަރުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރޭގައި ކިޔެވުމަށް ހުންނަ ޝައުގުވެރިކަން ގެއްލި، ކިޔެވުމުން ދުރަށް ދިއުން ހިމެނެއެވެ. މިއީ ގިނަ މައިންބަފައިން ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެކެވެ.

ދަރިވަރުން ކިޔެވުމުން ދުރަށް ދިއުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ކިޔަވާ މާއްދާތަކުގެ ފެންވަރު އެކުދިންނާ ނުގުޅުން، ކިޔެވުމުގެ ފޯރި ގެއްލުން، އަދި އިޖުތިމާޢީ އަދި ނަފްސާނީ ގޮތުން ކުރިމަތިވާ ޕްރެޝަރތައް ހިމެނެއެވެ. ބައެއް ދަރިވަރުންނަށް މާއްދާތައް މާ ލުއިވެ، ހިތްހަމަނުޖެހޭއިރު، އަނެއްބައި ދަރިވަރުންނަށް މާއްދާތައް އެހާމެ އުނދަގޫވެއެވެ.

ފުރާވަރުގެ ދަރިވަރުންގެ ކިޔެވުމަށް އެންމެ ބޮޑު އަސަރެއް ކުރަނީ މުޖުތަމަޢުގެ ނުފޫޒާއި ނަފްސާނީ ގޮންޖެހުންތަކެވެ. އެކުވެރިންގެ އަސަރު، ސޯޝަލް މީޑިއާގެ ބޭނުންކުރުން، އަދި ގޭތެރޭގެ މައްސަލަތަކުގެ ސަބަބުން ކިޔެވުމަށް ދޭންޖެހޭ ސަމާލުކަން ގެއްލިގެންދެއެވެ. މީގެއިތުރުން، އަމިއްލަ ނަފްސާމެދު އުފެދޭ ޝައްކުތަކާއި ބިރުވެރިކަމަކީވެސް ކިޔެވުމަށް ހުރަސްއެޅޭ ކަންކަމެވެ.

ފުރާވަރަކީ ކުދިންނަށް ބަދަލުތަކެއް އަންނަ، ނަފުސާނީ ޖިސްމާނީ ގޮތުން އަންނަ ބަދަލުތަކާމެދު ކަންބޮޑުވާ އުމުރެއް. އެންމެ ސަމާލުކަންދޭން ޖެހޭ އުމުރު—ފޮޓޯ:ރައިޒިންސްޓާސް

މި މައްސަލަ ހައްލުކުރުމުގައި މައިންބަފައިންގެ ދައުރު ވަރަށް މުހިންމެވެ. އެމީހުން ވާންޖެހޭނީ ދަރިވަރުންނަށް ލިބޭ ބާރަކަށެވެ. ދަރިވަރުންގެ އިހްސާސްތައް ދެނެގަނެ، އެކުދިންނާއެކު މުޢާމަލާތްކޮށް، އެކުދިންނަށް ދިމާވާ ދަތިތަކަށް އަޑުއަހައި، އެކަށޭނަ ހައްލުތައް ހޯދައިދިނުމަށް މަސައްކަތްކުރަންވާނެއެވެ.

ކިޔެވުމުގެ ޝައުގުވެރިކަން އާލާކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި ކިޔެވުމުގެ ރޭވުންތެރި ތާވަލެއް އެކުލަވާލުން، ކިޔެވުމަށް މަގުފަހިވާ މާހައުލެއް ގާއިމުކުރުން، އެކަށީގެންވާ ހުސްވަގުތު ނެގުން، އުނގެނުމުގެ އައު ވަސީލަތްތައް ބޭނުންކުރުން، އަދި ކުރިއެރުންތައް ފާހަގަކޮށް ހިތްވަރުދިނުން ހިމެނެއެވެ.

ބައެއް ހާލަތްތަކުގައި ފަންނީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެކެވެ. އަމިއްލަ ޓިއުޝަން ނުވަތަ ކައުންސެލިންގ ފަދަ ޚިދުމަތްތައް ބޭނުންކޮށްގެން، ދަރިވަރުންނަށް ދިމާވާ ދަތިތައް ދެނެގަނެ، އެކަށޭނަ ހައްލުތައް ހޯދިދާނެއެވެ.

ފުރާވަރުގެ ދަރިވަރުން ކިޔެވުމުން ދުރުހެލިވުމަކީ ވަގުތީ މައްސަލައެއް ނަމަވެސް، އެކަށީގެންވާ ސަމާލުކަމެއް ނުދެވިއްޖެނަމަ، އެއީ ދާއިމީ މައްސަލައަކަށް ވެގެންދާނެއެވެ. އެހެންކަމުން، މައިންބަފައިންނާއި، މުދައްރިސުންނާއި، ދަރިވަރުން ގުޅިގެން މި މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތްކުރުން މުހިންމެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!