ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ ހައްޖުވެރިން މިނާއަށް ހިނގައްޖެއެވެ.
ޙައްޖުވެރިން މިނާއަށް ގޮސްފައިވަނީ ރޭގެ ވަގުތެއްގައެވެ.
ހައްޖުވެރިން މިނާ އިން ދެން ދާނީ ހައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށް އަރަފާތަށެވެ.
މިވަގުތު ހުރިހާ ޙައްޖާޖީންގެ ޙާލުވެސް ޖުމްލަގޮތެއްގައި ރަނގަޅެވެ.
މިއަހަރު މިނާގެ އިންތިޒާމުތަކަކީ މީގެކުރިން ދުވަހަކުވެސް ދިވެހި ޙާޖީންނަށް ހަމަޖެހިފައިނުވާ ފެންވަރުގެ އިންތިޒާމުތަކެކެވެ. އެގޮތުން މިއަހަރު ހުރިހާ ދިވެހި ޙައްޖާޖީން ތިބޭނީ، ދިވެހީންނަށް ޚާއްޞަ ފޭލިގެތަކުގައެވެ. އެހެން އިތުރު އެއްވެސް ޤައުމެއްގެ ޙާޖީންނެއް އެތަނުގައި ނުތިބޭނެއެވެ.
މިނާގެ އިންތިޒާމުތަކުގެ ފުރިހަމަކަމާމެދު ޙައްޖާޖީން ތިބީ ވަރަށް ހިތްހަމަޖެހިފައެވެ. ޙާޖީން ފާހަގަކުރިގޮތުގައި މިނާގެ ތިބުމުގެ އިންތިޒާމުތަކާމެދު މީގެކުރިން އަޑުއިވިފައިވާ ވާހަކަތަކާއި، މިއަހަރުގެ އިންތިޒާމުތައް ވަރަށް ތަފާތެވެ.
މިއަހަރުގެ ހައްޖު ދުވަހަކީ މާދަމާ އެވެ.