ޚަބަރު
ޢީދު ހަވީރު 1446 ގެ ނަމުގައި މާލޭގައި ޤައުމީ ފެންވަރުގައި އަޟްހާ ޢީދު ފާހަގަ ކުރަނީ

ޤައުމީ ދިފާޢީ ބާރުގެ އިސްނެގުމުގައި ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން “ޢީދުހަވީރު 1446” ގެ ނަމުގައި މާލެ ސަރަޙައްދުގައި ތިން ދުވަހުގެ މުއްދަތަށް ޢީދު ފާހަގަކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މި ހަރަކާތްތައް ކުރިއަށްދާނީ މާލޭގެ ސުލްޠާން ޕާކް، ޖުމްހޫރީ މައިދާން އަދި ހުޅުމާލޭގެ ސެންޓްރަލް ޕާކާއި ހިޔާ ޕާކް ސަރަޙައްދުގައެވެ. ހަރަކާތްތައް ހަވީރު 4 އިން 6 އަށް އަދި ބައެއް ސްޓޯލްތައް ރޭގަނޑު 8:30 އިން ފެށިގެން ކުރިއަށްދާނެއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސްގެ ކެޕްޓަން އަޙުމަދު ނާއިދު ވިދާޅުވިގޮތުގައި، “މިފަހަރުގެ ޢީދުގެ ޚާއްޞަ ކަމެއްގެ ގޮތުގައި ދެ ރެޕެލިންގ ޓަވަރު ޖަހާނެއެވެ. އެއީ ހުޅުމާލެ ފޭސް 2 ގައި އެއް ރެޕެލިންގ ޓަވަރު އަދި މާލޭގައި އަނެއް ޓަވަރެވެ. މީގެއިތުރުން ޢީދުގެ ތިން ދުވަހު ތިން ލޮކޭޝަނަކަށް މޫވްކުރާ ގޮތަށް ޝޫޓިންގ ހޯލެއް ކުރިއަށްގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.”

ސިފައިންގެ ފަރާތުން ޚާއްޞަ ހަރަކާތްތަކެއް ކުރިއަށްގެންދާއިރު، ސިފައިންގެ ޔުނިފޯމް، ހަތިޔާރު އަދި އުޅަނދުފަހަރު ދެއްކުމާއި، އެ ތަކެއްޗާއެކު ފޮޓޯނެގުމުގެ ފުރުޞަތު އާންމުންނަށް ލިބިގެންދާނެއެވެ. އަދި ސިފައިންގެ ބޭންޑުގެ ޚާއްޞަ ޕަފޯމަންސްތަކެއްވެސް ކުރިއަށްދާނެއެވެ.

ރައީސް ޑރ. މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މި ހަރަކާތްތަކުގައި، ރާއްޖޭގެ އިހުގެ ސަޤާފަތާއި، އިހުގައި ދިވެހިން ކުޅެއުޅުނު ކުޅިވަރުތަކާއި، ޒަމާނީ ކެރެކްޓަރުތައް ފިއުޝަން ގޮތަށް ދައްކާލުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ސަރުކާރުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންދާނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!