ޚަބަރު
500 އަށްވުރެ ގިނަ ބައިވެރިންނާއެކު ‘ޖޫން 26ގެ ޢާއިލީ ބޮޑު ދުވުން ތިނަދޫ ސިޓީގައި: ގިރިންދާ، ރައުހަތު ސްޕޯޓްސް އަދި ދިވެހި ފުލުހުންގެ ތާރީޚީ އިވެންޓެއް!

ބައިނަލްއަޤުވާމީ ފެންވަރުގައި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅުވައިގެން، ތިނަދޫސިޓީގައި އޮންނަ ޚާއްޞަ ‘ޢާއިލީ ދުވުމުގައި ގިނަ ބަޔަކު ބައިވެރިވެފައިވާ އިރު އަދިވެސް ބައިވެރިވުމުގެ ފުރުޞަތު އެބައޮތް ކަމަށް އެ އިވެންޓް ކުރިޔަށް ގެންދާ ފަރާތުން ހާމަކޮށްފި އެވެ.

މިއީ އަތޮޅުތެރޭގައި ބާއްވާ ދުވުމެއްގައި އެންމެ ގިނަ މީހުން ބައިވެރިވާ ފަހަރެވެ. މި އާއިލީދުވުން ހާއްސަވާ ސަބަބަކީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި، އެއްބައިވަންތަކަމުގެ މިފަދަ ހަރަކާތެއް، މިހާ ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާ ފުރަތަމަ ފަހަރު ކަމަށްވުމެވެެ. ގިރިންދާ އިން އިސްނަގައިގެން ބައިނަލްއަގުވާމީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ދުވަސް، ޖޫން 26ގައި، ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކުގެ ތެރޭގައި އެދުވަހު ތިނަދޫސިޓީގައި ބާއްވާ އާއިލީ ދުވުމަކީ މިހާތަނަށް މިދުވަހާ ގުޅިގެން ބޭއްވޭ އެންމެ ވަރުގަދަ އިވެންޓެވެ. ބައިނަލްއަގުވާމީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހު ބައެއްކަހަލަ ހަރަކާތްތައް ބޭއްވުނު ނަމަވެސް ޖޯޝާއި ފޯރީގައި މިހާ ގިނަ ބަޔަކު ބައިވެރިވެގެން މިފަދަ ބޮޮޑު އިވެންޓެއް ކުރިއަށް ގެންގޮސްފައި ނުވެއެވެ.

ގިރިންދާ އަކީ ހިިތްވަރުގަދަ އާ ހިޔާލުތަކަކާއި ޒުވާން، ހުށިޔާރު، ވިސްނުންތަކެއް އުފަންވަމުންދާ ޖަމިއްޔާއެކެވެ.

މިއަހަރުގެ ޖޫން 26ގައި ބާއްވާ އާއިލީ ދުވުމުގައި ބައިވެރިވާން ހުޅުވާލުމާއެކު ގިނަ ބަޔަކު ވަނީ ފޯމު ފުރާފައެވެ. ތިނަދޫގެ ހުރިހާ މުވައްސަސާއެއްހެން ބައިވެރިވާ މިއިވެންޓުގައި މިހާތަނަށް އައި އިރު 500 އާ ގާތް ކުރާ ވަރަށް މީހުންް މި އިވެންޓުގައި ވަނީ ބައިވެރިވެފައެވެ. އަދިވެސް ބައިވެރިވުމަށް އޮތީ ފުރުސަތު ހުޅުވާލާފައެވެ. މި އިވެންޓުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭއިރު ބައިވެރިންނަށް ޓީޝާޓުވެސް ފޯރުކޮށްދެނީ މި އިވެންޓު ކުރިއަށް ގެންދާ، ރައުހަތު ސްޕޯޓްސް ޖަމިިއްޔާ އިންނެވެ.

މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 26 ޖޫން 2025 ވަނަ ދުވަހުގެ ހަވީރު 4:00 ގައެވެ. ދުވުމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ގޫގުލް ފޯމެއް މެދުވެރިކޮށް އަދިވެސް ރަޖިސްޓަރީ ވުމުގެ ފުރުސަތު އޮތީ ހުޅުވާލެވިފައެވެ.

މަސްތުވާތަކެތީގެ ނުރައްކަލާ ދޭތެރޭ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމާއި، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މަގުސަދުގައި ބާއްވާ މިއާއިލީ ދުވުމަށް ލިބެމުންދާ ތަރުހީބު ވަރަށްވެސް ބޮޑެވެ.

މި ޙަރަކާތް ކުރިއަށް ގެންދިއުމުގައި،  ގިރިންދާއާ ބައިވެރިވަނީ 

  • މޯލްޑިވްސް ޕޮލިސް ސަރވިސް،
  • ނޭޝަނަލް ޑްރަގް އެޖެންސީ،
  • ގދ. އަތޮޅު ޕޮލިސް،
  • ގއ. އަތޮޅު ކައުންސިލް،
  • ތިނަދޫ ސިޓީ ކައުންސިލް،
  • ތިނަދޫ ސިޓީ ޕޮލިސް،
  • ގދ. އަތޮޅު ކައުންސިލް،
  • ގއ. އަތޮޅު ޕޮލިސް
  • އަދި ރައުޙަތު ސްޕޯޓްސް (މި އިވެންޓް ކުރިއަށް ގެންދާ)

ހަމައެހެންމެ، ޖޫން 26 ވަނަ ދުވަހުގެ މުނާސަބާ ގުޅުވައިގެން ގެންދާ ހަރަކާތްތަކުގެ ތެރެއިން އެންމެ ހާއްސަ މުހިންމު ކަމަކީ ގއ ދާންދޫ ކައުންސިލާ ގުޅިގެން އެރަށުގައި ބާއްވާ ބޮޑު ޖަލްސާއެވެ. ގިރިންދާ އިން މި ޖަލްސާ ސިފަކޮށްފައި ވަނީ ވަރަށް ހާއްސަ އެހާމެ މުހިންމު ކަންތައްތަކެއް ކުރިއަށްދާނޭ ވަރަށް މުހިންމު، ހާއްސަ ޖަލްސާއެއްގެ ގޮތުަގައެވެ.

މީގެ އިތުރުންވެސް މިދުވަސް ފާހަގަކުރުމަށް، ހުވަދުއަތޮޅުގެ އެކި ރަށްތަކުގައި އެކި ލެވެލްތަކުގައި ޖަމިއްޔާ އާ ގުޅުން ހުރި ފޯކަލް ޕޮއިންޓުތައް މެދުވެރިކޮށްގެން ކުރިއަށް ގެންދެވޭނެ ކަމަށް ގިރިންދާ އިން ވަނީ ނިންމާފައެވެ.

ގިރިންދާ ޖަމްޢިއްޔާއަކީ 23 ފެބްރުވަރީ 2023 ގައި ރަޖިސްޓަރީ ކުރެވިފައިވާ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވެ، އެ ފަރާތްތައް މުޖުތަމަޢަށް އަނބުރާ ގެނައުމަށް މަސައްކަތްކުރުމެވެ.

ދުވުމުގައި ބައިވެރިވާ ފަރާތްތަކުގެ އިތުރުން، ޖަމްޢިއްޔާގެ މަސައްކަތަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް ފައިސާގެ އެހީ ފޯރުކޮށްދެވޭނެއެވެ. މިގޮތުން އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް 7730000586230 ނަންބަރު އެކައުންޓަށް ފައިސާ ޖަމާކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7716312 ނަންބަރު ވައިބަރއަށް ގުޅުއްވުމަށް ޖަމްޢިއްޔާއިން ވަނީ އެދިފައެވެ.

“ގިރިންދާ” މި ބަހަކީ ކުރީ ޒަމާނުގައި ތިނަދޫ ގައި ބޭނުން ކުރާ ބަހެކެވެ. މާނަޔަކީ ކަންކަމުގައި ގަދައަޅައި މަސައްކަތް ކުރުމެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!