ޚަބަރު
މާފުށީ ޖަލުގައި ޙުކުމް ތަންފީޒުކުރަމުން ދިޔަ ޤައިދީއަކު މަރުވެއްޖެ

މާފުށީ ޖަލުގައި 25 އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުން ދިޔަ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެއް މަރުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މަޢުލޫމާތުދޭ ގޮތުގައި މަރުވީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލު ހުކުމް ތަންފީޒު ކުރަމުން ދިޔަ، ނ. މާފަރު / ހިތްފަސޭހަގެ، މޫސާ ޙަސަން (މޫސާ ފަތުހީ) އެވެ.

ކަރެކްޝަންސްއިން ބުނި ގޮތުގައި މޫސާ ޙަސަންއަކީ މިދިޔަ އޭޕްރިލް މަހު އެމަޖެންސީ ހާލަތުގައި މާލެ ގެނެސް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އެޑްމިޓްކޮށް، ފަރުވާ ދޭން ފެށި މީހެކެވެ. އޭނާ މަރުވެފައި ވަނީ ބުދަ ދުވަހުގެ މެންދަމު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ހިތް ހުއްޓިގެންނެވެ.

މޫސާ ޙަސަން މަރުވުމާ ގުޅިގެން ކަރެކްޝަންސްއިން ވަނީ އެކަން ކަމާބެހޭ އެކި މުއައްސަސާތަކަށް އަންގާފައެވެ. މިގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި، އޭނާގެ އާއިލާއަށް އިތުރުން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވެސް މި މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.

މަރުޙޫމް މޫސާ ޙަސަންގެ ކަށުނަމާދު ކުރުން އޮތީ މިއަދުގެ މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!