ޚަބަރު
ހާވާޑްގައި ކިޔަވަމުންދާ އެހެން ގައުމުތަކުގެ ދަރިވަރުން އެމެރިކާއަށް އެތެރެވުން ޓްރަމްޕް ސަސްޕެންޑް ކޮށްފި

އައިވީ ލީގު ސްކޫލާ ދެމެދު އުފެދިފައިވާ މައްސަލަ ބޮޑުވަމުން އަންނަ ދަނޑިވަޅެއްގައި ހާވާޑް ޔުނިވާސިޓީގައި ކިޔަވަން ނުވަތަ އެކްސްޗޭންޖް ޕްރޮގްރާމްތަކުގައި ބައިވެރިވާން ބޭނުންވާ ބޭރުގެ ދަރިވަރުން އެމެރިކާއަށް އެތެރެވުން ހަ މަސް ދުވަހަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސަސްޕެންޑްކޮށްފި އެވެ.

ޓްރަމްޕް ނެރުއްވި އިއުލާނެއްގައި ބޭރުގެ ދަރިވަރުން އެމެރިކާގައި ތައުލީމު ހާސިލްކުރުމުގެ ސަބަބުން ގައުމީ ސަލާމަތަށް ހުރި ނުރައްކަލާއި ބެހޭ ގޮތުން ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، މެސެޗުސެޓްސްގެ ކެމްބްރިޖްގައި ހުންނަ ޔުނިވަރސިޓީގައި ކިޔެވުމަށް ބޭރުގެ ދަރިވަރުން އެމެރިކާއަށް އެތެރެވުން މަނާކޮށްފައިވެއެވެ.

ރައްދުގައި ހާވަޑް އިން ނެރުނު ބަޔާނެއްގައި މިއީ ހާވާޑްގެ ފުރަތަމަ އިސްލާހުގެ ހައްގުތަކާ ހިލާފަށް، ބަދަލު ހިފުމުގެ ގޮތުން ޓްރަމްޕުގެ ސަރުކާރުން އަނެއްކާވެސް އެޅި އިތުރު ގާނޫނާ ހިލާފު ފިޔަވަޅެއް ކަމަށް ބުނެފަ އެވެ. ހަމައެއާއެކު، ހާވާޑުން ބައިނަލްއަގްވާމީ ދަރިވަރުން ހިމާޔަތް ކުރަމުން ގެންދާނެ ކަމަށްވެސް އެ ޔުނިވާސިޓީން ވަނީ ބުނެފައެވެ.

ޓްރަމްޕުގެ އިއުލާނުގައި ފާހަގަކޮށްފައިވާ މިންގަނޑުތަކަށް ފެތޭ މިހާރު ހާވާޑް ކިޔަވަމުންދާ އެއްވެސް ދަރިވަރެއްގެ އެކަޑަމިކް ނުވަތަ އެކްސްޗޭންޖް ވިސާ ބާތިލްކުރުމަށް ސްޓޭޓް ޑިޕާޓްމަންޓަށް އަންގާފައިވާނެކަމަށްވެސް ޓްރަމްޕް ވަނީ ބުނެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!