ޚަބަރު
ދިވެހި ހައްޖުވެރިން މިނާގައި، އެންމެންގެ ހާލު ރަނގަޅު

ދިވެހި ހައްޖުވެރިން މިހާރު ތިބީ މިނާގައި ކަމަށާއި، އެންމެންގެ ހާލު ރަނގަޅު ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝަހީމް ވިދާޅުވެފައިވަނީ، ރާއްޖޭގެ ހުރިހާ ހައްޖުވެރިންގެ ހާލު ރަނގަޅު ކަމަށާއި، އެއްވެސް ހައްޖުވެރިޔަކު ގެއްލި ނުވަތަ މަގު އޮޅުމުގެ ފަދަ އެއްވެސް ހާދިސާއެއް މެދުވެރިވެފައި ނުވާ ކަމަށެވެ.

މިއަހަރުގެ ހައްޖު މޫސުމުގައި ރާއްޖެއިން ދަތުރުކޮށްފައިވަނީ 1000 ހައްޖުވެރިންނެވެ. މި ހައްޖުވެރިން ދަތުރުކޮށްފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުންނެވެ.

ހައްޖުވެރިން މިރޭ ހޭދަކުރާނީ މިނާގައެވެ. އޭގެ ފަހުން ތިން ޖަމްރާއަށް ހިލައުކުމަށްފަހު، ހައްޖުވެރިން ދާނީ ޠަވާފުލްއިފާޟާ އަދާކުރުމަށާއި ސަފާ މަރްވާ ދެމެދު ސައުޔުކުރުމަށެވެ.

ހައްޖުގެ އެންމެ ފަހު އަޅުކަމެއްގެ ގޮތުގައި ހައްޖުވެރިން އަދާކުރާނީ ވަދާޢުގެ ޠަވާފެވެ. މިއާއެކު ހައްޖުގެ އެންމެހާ އަޅުކަންތައް ފުރިހަމަވެގެންދާނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!