ޚަބަރު
ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރ ފަރާ ހާން އީދަށް މާފުއްޓަށް

ކާމިޔާބު އެތަކެއް ފިލްމެއް ޑައިރެކްޓްކޮށްފައިވާ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރ ފަރާ ހާން ރާއްޖެ އައިސް، ފަހު އީދު ފާހަގަ ކުރުމަށް މާފުއްޓަށް ހިނގައްޖެއެވެ.

އޯމް ޝާންތި އޯމް އާއި ސްޓޫޑެންޓް އޮފް ދަ އިޔަރ ފަދަ މަގުބޫލު ފިލްމްތައް ޑައިރެކްޓް ކޮށްފައިވާ ފަރާ ހާން ރާއްޖެ އައިސްފައިމިވަނީ ރާއްޖޭގެ ރަށްފށުގެ ދިރިއުޅުމާއި އީދު ކުޅިވަރުތައް ކުޅޭ ގޮތް ބަލައިލުމަށްޓަކައެވެ. ފަރާ ހާން ރާއްޖެ އައިސްފައިވަނީ  އިއްޔެގެ ވަގުތެއްގައިއެވެ.

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމުގެ މަސައްކަތް ކުރާ ކުންފުނި ކަމަށްވާ އެމްއެމްޕީއާރުސީން ބުނި ގޮތުގައި އޭނާ ރާއްޖެ އައިސްފައިވަނީ ރާއްޖޭގެ ރަށްރަށުގައި މިފަހަރު ބާއްވާ ބޮޑު އީދުގެ ކުޅިވަރުތައް ޝޫޓު ކުރުމަށެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ފަރާއާއި ގުޅިގެން ކުރިއަށް ގެންދާ ހާއްސަ ޕްރޮޖެކްޓެއްގެ ދަށުން ކުރެވޭ ކަމެއް ކަމަށްވެސް އެމްއެމްޕީއާރްސީއިން ވަނީ ބުނެފައެވެ.

މާފުށިން ފަރާ ހާނަށް ބޮޑުބެރުގެ ލަވަތަކާއި ނެށުންތަކުން ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، މި ލަވަތަކަށް ފަރާ ހާން ވެސް ވަނީ ނަށާ އުފާފާޅުކޮށްފައެވެ.

ފަރާ ހާން ވަނީ އޭނާގެ އިނސްޓާގުރާމުގެ ސްޓޯރީގައި ދިވެހި ރަތް ލިބާހުގައި ރީތި ޕޮޓޯއެއްވެސް ހިއްސާކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!