ޚަބަރު
ކާބޯތަކެތީގެ ރައްކާތެރިކަމަކީ އާންމު ޞިއްޙަތާއި އިޤްތިޞާދީ ދުޅަހެޔޮކަމުގެ އަސާސް: ރައީސް

ކާބޯތަކެތީގެ ރައްކާތެރިކަމަކީ އާންމު ޞިއްޙަތާއި އިޤްތިޞާދީ ދުޅަހެޔޮކަމުގެ އަސާސްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ “ވޯލްޑް ފުޑް ސޭފްޓީ ޑޭ” އާ ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ކާބޯތަކެތީގެ ރައްކާތެރިކަމަކީ ކޮންމެ މީހަކަށްވެސް ކޮންމެ ދުވަހަކު ކުރިމަތިވާ ކަމެކެވެ. އަދި މިއީ އާންމު ޞިއްޙަތާއި އިޤްތިޞާދީ ދުޅަހެޔޮކަމުގެ އަސާސްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ވޯލްޑް ފުޑް ސޭފްޓީ ޑޭގެ ޝިޢާރަކީ “ކާބޯތަކެތީގެ ރައްކާތެރިކަން: ޢަމަލީ މައިދާނުގައި ސައިންސް” ކަމަށް ފާހަގަކުރައްވައި، ރައީސް މުޢިއްޒު ވިދާޅުވީ މި ޝިޢާރުން އަލިއަޅުވާލަނީ ކާބޯތަކެތިން ޖެހޭ ބަލިތައް ދެނެގަތުމާއި ހުއްޓުވުމުގައި ސައިންޓިފިކް ދިރާސާތަކާއި ހެކިތަކުގެ މައްޗަށް ބިނާކޮށްފައިވާ އުސޫލުތަކުގެ މުހިންމުކަމަށް ކަމަށެވެ.
ރައްޔިތުން ކާން ބޭނުންކުރާ ތަކެތި ރައްކާތެރި، ފައިދާހުރި އަދި އިތުބާރުހުރި ތަކެތިކަން ކަށަވަރުކުރުމަށް ސަރުކާރށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި ކާބޯތަކެތީގެ ރައްކާތެރިކަމަކީ ޤައުމީ ފެންވަރުގައި އިސްކަންދޭ ކަމެއްކަމަށާއި، މިކަމުގެ މުހިންމުކަން ރައްޔިތުންނަށް އަންގައިދިނުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ނޫންކަމަށާއި، މިއީ އެންމެންގެވެސް ޒިންމާއެއްކަމަށް ރައީސް މުޢިއްޒު އިތުރަށް ވިދާޅުވިއެވެ. އަދި ކާބޯތަކެތި އުފައްދާ ފަރާތްތަކާއި، ވިއްކާ ފަރާތްތަކާއި، ބޭނުންކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއްކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!