ޚަބަރު
ސްޓިމިއުލަސް ލޯނަށް އެދުމުގެ ފުރުސަތު މިމަހުގެ 17 އާއި ހަމައަށް

ކޮވިޑާއި ގުޅިގެން ގެއްލުން ލިބުނު ފަރާތްތަކަށް ދޫކުރާ އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދުމުގެ މުއްދަތު މިމަހުގެ 17ގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިތުރުކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ސަރުކާރާއި ގުޅިގެން ބީއެމްއެލް އިން ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯން ދޫކުރަން ވަނީ ފަށާފައެވެ. ބީއެމްއެލް އިން ބުނީ މި ލޯން ދޫކުރަމުގައި ފުރަތަމަ ހުށަހަޅާ ފަރާތްތަކަށް އިސްކަން ދީގެން ލޯނު ދޫކުރަމުންގެންދާނެ ކަމަށެވެ.

މިހާރު މި ލޯން ސްކީމަށް އެދި ހުށައަޅާފައިވާ އެޕްލިކޭޝަން ތަކުގައި ލޯނު ސްކީމަށް ކަނޑައެޅިފައިވާ ލިމިޓަށްވުރެ އިތުރު ވެފައިވާ ކަން ބީއެމްއެލް އިން ވަނީ ފާހަގަކޮށްފަ އެވެ. އެހެން ކަމުން މި ސްކީމަށް އެދި ހުށެއެޅޭނެ އެންމެ ފަހު ތާރީހަކީ މި މަހުގެ 17 ވަނަ ދުވަސް ކަމުގައި އެ ބޭންކުން ވަނީ ކަނޑައަޅާފައެވެ.

އެ ބޭންކުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މި މުއްދަތުގައި ލޯނަށް އެދި ބޭންކަށް ހުށަހެޅިފައިވާ އެޕްލިކޭޝަންތައް އިވެލުއޭޓް ކުރެވޭނެ އެވެ. މީގެ އިތުރުން ފަންޑުގައި އިތުރަށް ފައިސާ ހުރެއްޖެނަމަ އަލުން ލޯނަށް އެދި ހުށަހަޅެމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށްވެސް ބީއެމްއެލް އިން މަޢުލޫމާތު ދެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!