މުނިފޫހިފިލުވުން
ރާނާ ނައިޑޫ ސީޒަން 2: ރާނާގެ ހަޔާތުގެ އައު ބާބެއް، އައު އިހުސާސްތަކަކާއި އައު ދުޝްމިނުންނާއެކު އެނބުރި އަންނަނީ

ނެޓްފްލިކްސްގެ މަޝްހޫރު ވެބް ސީރީޒް “ރާނާ ނައިޑޫ” ގެ ދެވަނަ ސީޒަން މިމަހު 13 ވަނަ ދުވަހު ސްޓްރީމިންގ ޕްލެޓްފޯމްގައި ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސީޒަންގައި ރާނާގެ ހަޔާތުގެ އައު ބާބެއްގައި، އިތުރު އެކްޝަނާއި، ފުން އިހުސާސްތަކާއި، އަދި އައު ދުޝްމިނުން ތަޢާރަފުކުރެވިގެންދާނެ ކަމަށް ވަނީ އިޢުލާންކޮށްފައެވެ.

ފުރަތަމަ ސީޒަންގެ ކާމިޔާބީގެ ފަހުން އަންނަ މި ސީޒަންގައި، ރާނާ ޑަގުބަތީއާއި ވެންކަޓޭޝް ޑަގުބަތީ އެނބުރި އަންނަނީ އެ ދެ ފަންނާނުންގެ ކާމިޔާބު އަދި މީހުން ބޭނުންވާ ކުރީގެ ސީޒަންގެ ރޯލުތަކުގައެވެ. އަދި މި ފަހަރު އާ ދުޝްމިނެއްގެ ގޮތުގައި “ރައުފް” ގެ ކެރެކްޓަރުގައި ތަޢާރަފުވަނީ އަރްޖުން ރާމްޕާލް އެވެ.

އައު ސީޒަންގެ ވާހަކަ

ދެވަނަ ސީޒަންގެ ޓްރެއިލަރުން ދައްކާގޮތުގައި، ރާނާ ނައިޑޫގެ ނުރައްކާތެރި މާޒީއާ ކުރިމަތިލާން ޖެހޭއިރު، އޭނާގެ ދިރިއުޅުމުގެ ނާޒުކު ބައިތަކާ ކުރިމަތިލާން ޖެހެއެވެ. ބަދަލުހިފުމާއި، ބާރުގެ ހަނގުރާމައާއި، އިހުސާސްތަކުގެ ވޭނާއެކު ކުރިއަށްދާ މި ސީރީޒްގައި އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. ހަޔާތުގެ ނުރައްކާތެރި ބައެއް ނިންމާލުމަށް އެންމެ ފަހުގެ މިޝަނެއް ކުރިއަށްދާއިރު، މުޅިން އައު ގޮންޖެހުންތަކެއް ކުރިމަތިވެގެންދާތަން ފެންނާނެއެވެ.

ކާސްޓް އަދި ކްރޫ

ކަރަން އަންޝުމަންގެ ޑައިރެކްޝަންގައި ކުރިއަށްދާ މި ސީރީޒްގައި ރާނާ ޑަގުބަތީ، ވެންކަޓޭޝް ޑަގުބަތީ، ސަރްވީން ޗަވްލާ، އަބިޝެކް ބެނަރޖީ، ސުޝާންތް ސިންގް، ގައުރަވް ޗޯޕްރާ، އާޝިޝް ވިދްޔާރްތީ އަދި ރާޖޭޝް ޖައިސް ފަދަ ގިނަ ތަރިން ބައިވެރިވެއެވެ. މި ސީރީޒް އުފައްދަނީ ލޮކޮމޯޓިވް ގްލޯބަލް ޕްރޮޑަކްޝަންގެ ދަށުން ސަންދަރ އެރޮންއެވެ.

ފުރަތަމަ ސީޒަންގައި IMDb ރޭޓިންގ 7/10 ލިބިފައިވާއިރު، ގަދަފަދަ ތަޅާފޮޅުންތަކާއި އަނިޔާވެރި ބަސްތަަކާއި އަމަލުތަކުގެ ސަބަބުން މި ސީރީޒްއަކީ ގިނަ ބަހުސްތަކެއް އުފެދިފައިވާ މަސައްކަތެކެވެ. އެހެންނަމަވެސް މި ކަންކަމަކީ މިސީރީޒް ނުހަނު ކާމިޔާބު ވުމުގެ ބަޔަކަށް ވެފައިވާ ކަމީ ވެސް ހަގީގަތެއްމެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!