ޚަބަރު
ހަދިޔާއެއްގެ ގޮތުގައި ހައްޖުވެރިންނަށް 2.5 މިލިއަން މުސްހަފް ބަހަނީ

ސައޫދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުއަޒީޒްގެ ފަރާތްޕުޅުން ހައްޖުވެރިންނަށް މުސްހަފް ބެހުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މިއީ މި އަަހަރުގެ ހައްޖު ޕްލޭންގެ ދަށުން ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަވާހް އެންޑް ގައިޑެންސް އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭކަމަކަށްވީއިރު، މި ޕްރޮގްރާމްގެ ދަށުން 2،521.380 މުސްހަފް ބެހުމަށް ވަނީ ހަމަޖެހިފައެވެ.

މި މުސްހަފްތައް ޗާޕް ކޮށްފައި ވަނީ މަދީނާގައި ހުންނަ ކިންގް ފަހުދު ކޮންޕްލެކްސް އިންނެވެ. މި ތަނުން މުސްހަފްތައް އެކި ސައިޒްގެ އެކި ބަހަށް ޕްރިންޓްކޮށްފައި ވެއެވެ.

މި މުސްހަފުތައް ބެހުމުގެ ކަންކަން ހައްޖުވެރިން އާއްމުކޮށް ފުރާ ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓާއި، ޖިއްދާ އިސްލާމިކް ޕޯޓްގެ އިތުރުން، ބޯޑަރުތަކުގައި ގާއިމްކޮށްފައިވާ ޕޮންޓްތަކުން ކުރަމުން ދާނެއެވެ.

2025 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.6 މިލިއަނަށް ވުރެ ގިނަ މީހުން ސައުދީއަށް ގޮސްފައި ވެއެވެ. އެގޮތުން، ސައޫދީން 166،654 މީހަކު ހައްޖު އަޅުކަމަަށް ގޮސްފައިވާއިރު، އެހެން ގައުމުތަކުން 1،506،576 މީހުން މި އަހަރު ހައްޖުގެ އަޅުކަމަށް ގޮސްފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!