ޚަބަރު
ސިތާރޭ ޒަމީން ޕަރް އާމިރަށް ވަރަށް ހާއްސަ، ފިލްމުން މަންމަވެސް ފެނިގެންދާނެ!

މި މަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ އާމިރު ޚާންގެ އާ ފިލްމު “ސިތާރޭ ޒަމީން ޕަރް” އޭނާ އަށް ވަރަށް ހާއްސަ ކަމަށާއި ފިލްމުން އޭނަގެ މަންމަ ޒީނަތު ޚާން ފެންނިގެންދާނެ ކަމަށް އާމިރު ބުނެފި އެވެ.

މީޑިއާތަކާ އެކު ބޭއްވި ފިލްމުގެ ޕްރޮމޯޝަނަލް އިވެންޓެއްގައި އާމިރު ބުނީ މަންމަ ފެންނާނީ “ސިތާރޭ ޒަމީން ޕަރް” ގެ ލަވަތަކުގެ ތެރެއިން ކައިވެނީގެ ހަފުލާއެއްއްގެ އުފާވެރިން ދައްކުވައިދޭ ލަވައަކުން ކަމަށެވެ. އެ ލަވަ އަކީ ފިލްމަށް އެންމެ ފަހުން ޝޫޓްކުރި ލަވަ ކަމަށް ވެސް އާމިރު ވަނީ ބުނެފައެވެ.

“ސިތާރޭ ޒަމީން ޕަރް” އިން އާމިރުގެ ދައްތަ ނިހާތު ޚާން ވެސް ފެނިގެންދާއިރު، އޭނާ ވަނީ މީގެ ކުރިން ބައެއް ފިލްމުތަކުގައި ރޯލުތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި ޝާހްރުކް ޚާންގެ 2023 ގެ “ޕަތާން” އާއި މިދިޔަ މާޗް މަހު ރިލީޒްކުރި “އެލް2: އެމްޕްރާން” ހިމެނެއެވެ.

އާމިރު ބުނި ގޮތުގައި “ސިތާރޭ ޒަމީން ޕަރް” ގައި މަންމަ އާއި ދައްތަ ފެނިގެން ދިޔުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި މިއީ އޭނަ އަށް މި ފިލްމު ހާއްސަވާ ސަބަބުތަކުގެ ތެރޭގައި ވެސް ހިމެނޭ ކަމެއް ކަމަށެވެ. މި ފިލްމުގައި ދައްކުވައިދެނީ ބާސްކެޓް ބޯޅަ ކޯޗެއް ހާއްސަ އެހީއަށް ބޭނުންވާ ކުދިންތަކެއް ގޮވައިގެން އުޅޭ ތަނެވެ.

މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ގަ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!