ޚަބަރު
ރާއްޖެ އެތެރެކުރި 18 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިފި

ބެންގަލޫރު މަގުން ރާއްޖެއައި ފްލައިޓެއްގައި އޮޅުވާލައިގެން ރާއްޖެއަށް އެތެރެކުރި 18 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމެންޓެއްގައި ފޮރުވާފައި ހުރި 18 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފައިވާ ކަމަށެވެ. އަދި މިތަކެތި އަތުލާފައި ވަނީ ކަސްޓަމްސްއިން ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށްވެސް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

މިތަކެތި އަތުލައިގެންފައިވަނީ ޕްލާސްޓިކް ގަސް ޕޮޓުތަކެއްގައި ކަމަށާއި، މި އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 26 މިލިޔަން ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިންވަނީ ބުނެފައެވެ.

މީގެ އިތުރުން ކަސްޓަމްސް އިން ބުނީ 33 ޕެކެޓެގައިހުރި މިތަކެތި ފުރަތަމަ މަރުހަލާގެ ތަހުގީގުން މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ކެނަބިނޮއިޑް އޮއިލްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ކަސްޓަމްސް އިން ވަނީ އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ފޮޓޯ އާއި ވީޑިއޯ އާއްމު ކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!