ޚަބަރު
ލޮސް އެންޖެލެސްގައި ކާފިއު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިމިގްރޭޝަން ސިޔާސަތުތަކާ ދެކޮޅަށް އެ ގައުމުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ލޮސް އެންޖެލެސްގައި ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން ބައެއް ސަރަހައްދުގައި ކާފިއު ތަންފީޒު ކުރަން ފަށާ، ލޮސް އެންޖެލިސް ޕޮލިހުން މުޒާހަރާގެ ބައިވެރިން ހައްޔަރުކޮށްފި އެވެ.

 ލޮސް އެންޖެލިސްގެ މޭޔަރު ކަރެން ބަސް ކާފިއު އިއުލާނުކޮށްފައިވާއިރު، ލޮސް އެންޖެލެސް ޕޮލިސް ޑިޕާޓްމަންޓް (އެލްއޭޕީޑީ) އިން އަންގާރަ ދުވަހުގެ ރޭ ދަންވަރު ބުނެފައިވާގޮތުގައި ކާފިއު ކަނޑައެޅިފައިވާ ސަރަހައްދަށް އެއްވެފައިވާ ގިނަ ބަޔަކު ހައްޔަރުކުރާ ކަމަށެވެ.

މުޒާހަރާގައި ދޭތެރެ ދޭތެރެއިން ކުރިމަތިލުންތަކެއް ކުރިއަށް ދިޔަ ނަމަވެސް މުޒާހަރާގެ ބައިވެރިންގެ ތެރެއިން ގިނަ ބަޔަކު ވަނީ ރޫޅިފަ އެވެ. އޮފިޝަލުން ބުނީ ކާފިއު ހިންގަން ޖެހުނީ ހަމަނުޖެހުން ހިންގަން އުޅޭ ހަރަކާތްތެރިން ތަޅާފޮޅުމާއި ވައްކަން ހުއްޓުވުމަށް ކަމަށެވެ.  ލޮސް އެންޖެލޮސްގެ ޑައުންޓައުން ސަރަހައްދުގެ 1 އަކަމީޓަރު (2.6 އަކަމީޓަރު) އަށް ކާފިއު ހިންގާއިރު، އެ ކާފިއު ތަންފީޒު ކުރަން ފަށާނީ އަންގާރަ ދުވަހުގެ ރޭ 8 އިން ބުދަ ދުވަހުގެ ހެނދުނު 6 އަށް (ބުދަ ދުވަހުގެ 03:00 އިން 13:00 އަށް) ކަމަށް އެލްއޭގެ މޭޔަރު ކެރެން ބާސް ވިދާޅުވި އެވެ.

މި މުޒާހަރާތައް ފެށިގެން ދިޔައީ ލޮސް އެންޖެލިސްގައި ދިރިއުޅޭ  އެހެން ގައުމުތަކުގެ ރައްޔިތުންގެ ތެރެއިން ލިޔެކިޔުންތައް ނެތް ކަމަށް ޝައްކުކުރެވޭ މީހުންނާ ދެކޮޅަށް ޓްރަމްޕްގެ ވެރިކަމުން ކުރިއަށް ގެންދާ ޑީޕޯޓްކުރުމުގެ ސަބަބުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!