ސޮނާކްޝީ ސިންހާގެ އާ ފިލްމު، “ނިކިތާ ރޯއި” ގެ ޓްރެއިލާ ނެރެފިއެވެ.
މި މަހުގެ 27 ގައި ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވާ މި ބިރުވެެރި ފިލްމަކީ އޭނަގެ ބޭބެ ކުޝް ސިންހާ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ.
ފިލްމުގެ ކާސްޓުންގެ ތެރޭގައި ސޮނާކްޝީގެ އިތުރުން އަރުޖުން ރާމްޕަލާއި ޕަރޭޝް ރާވަލް އަދި ސުހައިލް ނައްޔަރް ހިމެނޭއިރު، ނިކިޓާ ރޯއީ ލިޔެފައިވަނީ މިސްޓްރީ ތްރިލާ “ފޯބިއާ” އަދި ގޭސްލައިޓް އިން މަޝްހޫރުވި ފިލްމީ ތަރި ޕަވާން ކްރިޕަލާނީ އެވެ. އޭނާ ވަނީ 2021 ވަނަ އަހަރު ރިލީޒްކުރި ބިރުވެރި ކޮމެޑީ ފިލްމު “ބޫޓް ޕޮލިސް” އާއި ބިރުވެރި ޖޯންރާގެ އެހެން ފިލްމުތައް ވެސް ޑައިރެކްޓްކޮށްފަ އެވެ.
ސޮނާކްޝީ ސިންހާ އެންމެ ފަހުން ފެނިގެންދިޔައީ 2024 ވަނަ އަހަރު ރިލީޒްކުރި ކާކުޑާ އާއި ބަޑޭ މިޔާން ޗޯޓޭ މިޔާން އިންނެވެ.

