ޝާހްރުކް ޚާނާ އެކީގައި ކުޅެވޭނެ ފިލްމެއް ލިބޭނެކަމަށް އުންމީދުކުރާ ކަމުގައި މަޝްހޫރު ބަތަލާ ކާޖޮލް ބުނެފި އެވެ.
ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ކާޖޮލް އާއި ޝާހްރުކް ޚާންގެ ޖޯޑަކީ އިންޑިއާގެ ސިނަމާތަކުގައި އެންމެ ހިޓް ޖޯޑު ތަކުގެ ތެރެއިން އެއް ޖޯޑެވެ. އެމީހުން ވަނީ ބްލޮކްބަސްޓާ ހިޓް ފިލްމުތަކަށް ވެގެން ދިޔަ ގިނަ ރޮމޭންޓިކް ފިލްމުތަކެއް އެކުގައި ކުޅެފައެވެ.
ޕިންކްވިލާއަށް ދިން އެކްސްކްލޫސިވް އިންޓަވިއުއެއްގައި ކާޖޮލް ވަނީ ބޮލީވުޑް ކިންގް ޝާހްރުކް ޚާންއާ އެކު ރޮމޭންޓިކް ފިލްމެއްގައި ކުޅެން ބޭނުންވާކަމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
ކާޖޮލް ޝާހްރުކާ އެކީ މަސައްކަތް ކުރުމަކީ އަބަދު ވެސް ވަރަށް މަޖާ އަދި ފަސޭހަ ކަމެއް ކަމަށް ބުނެފައިވާއިރު، ކާޖޮލްގެ ފުރަތަމަ ބިރުވެރި ފިލްމު “މާ” މި މަހުގެ 27 ވަނަ ދުވަހު ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދެ ތަރިން އެންމެ ފަހުން އެކީގައި އެންމެ ފަހުން ކުޅުނު ފިލްމަކީ 2015 ވަނަ އަހަރު ނެރުނު “ދިލްވާލޭ” އެވެ.މި ދެ ތަރިން އެކީގައި ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި “ބާޒީގާރް”، ދިލްވާލޭ، “ކަރަން އަރުޖުން”، “ކުޗް ކުޗް ހޯތާ ހޭ”، “ކަބީ ހުޝީ ކަބީ ޢަމް” އަދި “މައި ނޭމް އިޒް ޚާން” ފަދަ ފިލްމުތައް ހިމެނެ އެވެ.

