ޚަބަރު
ނަހުލާގެ ސޮރީ އަންނަން 3 ދުވަސް؛ މިހާރުވެސް 15 ޝޯވ ފުލް!

ދިވެހި ފިލްމު “ސޮރީ”ގެ 15 ޝޯ ފުލްވުމާ ގުޅިގެން އޮލިމްޕަހުގައި ޚާއްސަ ޕްރީ ރިލީޒް އިވެންޓެއް ބާއްވައިފި އެވެ. އަންނަ ހަފުތާގެ އަންގާރަ ދުވަހު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ފާތިމަތު ނަހުލާގެ އަސަރުގަދަ އުފެއްދުމެކެވެ.

ފިލްމުގެ ޕްރޮޑިއުސަރ އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާ ބުނި ގޮތުގައި މިއީ ރާއްޖޭގެ ފިލްމީ ދާއިރާގައި ވަރަށް ތާރީޚީ ކާމިޔާބީއެކެވެ. އަދި އަމާޒަކީ ފިލްމު “ޔޫސުފް”ގެ ރެކޯޑް މުގުރާލުން ކަމަށާއި، މިހާރު އެ ޓާގެޓް ގާތްގަނޑަކަށް ހާސިލްވެފައިވާ ކަމަށް ނަހޫ ވަނީ ބުނެފައެވެ.

“ޔޫސުފް ގާތްގަނޑަކަށް 17 ޝޯ ހައުސް ފުލްވެގެން ދެއްކީ. އަޅުގަނޑުމެން މިހާރު 50 ޝޯ ދައްކާފައިވާނެ. އަބަދުވެސް އަޅުގަނޑުގެ ރެކޯޑް އަޅުގަނޑު މުގުރަމުން މިދަނީ. ޔޫސުފަށްވުރެ މީތި ރަނގަޅުކުރަން ވަރަށް މަސައްކަތް ކުރަމުން މިދަނީ،” ނަހުލާ ބުންޏެވެ.

ރޭގެ ހަފުލާގައި ފިލްމު “ސޮރީ” ގެ ބިހައިންޑް ދަ ސީން (ބީޓީއެސް) ޓްރެއިލާއިން ހިތްތަކަށް އަސަރުކުރުވާފަދަ އަދި ފިލްމު އަންނަ ރެއަކަށް ކެތްތެރިކަމެއްނެތި އިންތިޒާރު ކުރުމަށް މަޖުބޫރު ކުރުވާ ފަދަ މަންޒަރުތަކެއް ދައްކާލުމުގެ އިތުރުން، ފިލްމުގެ ތީމް ލަވަވެސް ވަނީ ރިލީޒްކޮށްފައެވެ. މި ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ނަބީލްގެ އިތުރުން ނަހުލާގެ ދޮށީ ދަރިފުޅު ނާޝްއެވެ. ގިނަ އަހަރުތަކަކަށްފަހު ނާޝްގެ އަޑުން ވިރުވައި އަޅާލަދިން ލަވަ ހަފުލާއަށް ގޮސްތިބި އެންމެނަށްވެސް އަސަރުކުރުވި ކަމާއި އެއަޑާއި ރާގާއި ލަވައިގެ ޅެމުން ހިތްތަކުގެ އެންމެ ހިމަ ނާރާވެސް ކުޅުވިކަން ބެލުންތެރިންގެ ތައުރީފުގެ ބަސްތަކުން ހާމަވެގެންދިޔައެވެ. ނާޝްއާއެކު ނަބީލު ކިޔާފައިވަނީ އާދަން އަލީމްގެ ލަވައެކެވެ. މި ލަވައިގެ މެލޮޑީ އާ މިއުޒިކަކީ އެ ފަންނުވެރިއެއްގެ ދެވަނައެއް ނުވާ މަޝްހޫރު ލަވަކިޔުންތެރިޔާ ތޭރަވާ ގެ ހުނަރުވެރި މަސައްކަތެވެ.

ދިވެހި ފިލްމު “ސޮރީ”ގެ 15 ޝޯ ފުލްވުމާ ގުޅިގެން އޮލިމްޕަހުގައިބޭއްވި ޚާއްސަ ޕްރީ ރިލީޒް އިވެންޓުގެ ތެރެއިން–ފޮޓޯ:ޕީއެސްއެމް

ހަމަމިއާއެކު ހަފްލާގައި ބައިވެރިވި ފަރާތްތަކަށް ނަހުލާގެ ފިލްމު “4426” ހިލޭ ބަލާލުމުގެ ފުރުސަތު ވަނީ ދީފައެވެ.

ނަހުލާ ބުނީ މީއީ އޭނާގެ މަސައްކަތް ބަލައިގަނެ، ދެމުންގެންދާ ސަޕޯޓާއި ލޯތްބައްޓަކައި ބެލުންތެރިނަަށް ދިން ހަދިޔާއެއްކަމަށެވެ.

ޖޫން 17 ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ “ސޮރީ” އަކީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގައި ޔޫސުފް ޝަފީޢު، މަރިޔަމް އައްޒަ ފަދަ މަޝްހޫރު ތަރިން ފެނިގެންދާނެއެވެ. އެންމެ ހާއްސަ ކަމަކީ ނަހޫގެ މާމަ ދަރިފުޅާއި ނާޝްގެ ދަރިފުޅު އާދެ ނަހޫގެ މާމަ ދަރިފުޅަކީ މިފިލްމުން ފެނިގެންދާ ކަމެވެ. މިއީ ނަހުލާ 2017 ވަނަ އަހަރު ނެރުނު “ބޮސް” ފިލްމުގެ ފަހުން ނެރޭ ފުރަތަމަ ފިލްމެވެ. އެެހެންނަމަވެސް ނަހުލާ ވަނީ ބޮސް އަށްފަހު “ހުވާ” ތައްޔާރުކޮށްފައެވެ. މި ޝޯ 2018 އިން 2020އަށް ދެއްކި ލޯބީގެ ވެބް ޝޯއެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!