ޚަބަރު
ކަސްޓަމްސްގެ ޕޭމަންޓެއް ދައްކަން ކަމަށް ބުނެ، އެސްއެސްއެސް މެދުވެރިކޮށް ސްކޭމެއް ހިންގަނީ، ސަމާލުވޭ

ޕޭމަންޓެއް ދައްކަން ކަމަށް ބުނެ، އެސްއެސްއެސް މެދުވެރިކޮށް ލިންކެއް ފޮނުވައިގެން ސްކޭމެއް ހިންގަމުންދާތީ ސަމާލުވާން މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އެދިއްޖެއެވެ.

ކަސްޓަމްސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ އިދާރާގެ އެއްވެސް ޕޭމަންޓެއް ދެއްކުމަށް އެދި ލިންކަކާއެކު އެސްއެމްއެސްއެއް ނުފޮނުވާނެ ކަމަށާއި، އެ ފަދަ ލިންކުތަކަށް ސަމާލުވުމަށް ކަސްޓަމްސްއިން ވަނީ އެދިފައެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނި ގޮތުގައި، ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ވައިބާއާއި ފޭސްބުކް މާކެޓް ޕްލޭސްއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ޢީދު ބަންދުގައި ވެސް ސްކޭމްގެ 35 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި އެ ހަފުތާގައި އެކަނި ވެސް ތިން ލައްކައެއްހާ ރުފިޔާ ގެއްލުނު ކަމަށް ފުލުހުން ބުނެފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!