ޚަބަރު
އެތްލެޓިކޯ މެޑްރިޑް ބަލިކޮށް، ޕީއެސްޖީ އަށް ފަސޭހަ މޮޅެއް

ފީފާ ކްލަބް ވޯލްޑް ކަޕްގައި އެތްލެޓިކޯ މެޑްރިޑް އާއި ދެކޮޅަށް ރޭ ޕީއެސްޖީން ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ޕީއެސްޖީން ކާމިޔާބުކޮށްފި އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު ފުރަތަމަ ފަހަރަށް ކާމިޔާބުކުރި ޕީއެސްޖީ އިން ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 19 ވަނަ މިނިޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ފަބިއަން ރުއިޒް އެވެ.

އެ ޓީމުގެ ފޯވަޑް ގޮންޒާލޯ ރާމޯސް އަށް ލަނޑު ޖަހާނެ ރަނގަޅު ތިން ފުރުސަތު ލިބި ބޭކާރުވީ ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ޕީއެސްޖީން ވިޓީނިއާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ފުޅާކޮށްފައެވެ.

މެޗުގެ 78 ވަނަ މިނިޓުގައި އެތްލެޓިކޯގެ ކްލެމެންޓް ލެންގްލެޓް އަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާ ދަނޑުންވެސް ފޮނުވާލާފަ އެވެ. ޕީއެސްޖީ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު ޖެހީ މެޗުގެ 87 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ސެނީ މަޔޫލޫ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި ލީ ކޭންގް އިން ވަނީ ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ.

ގަދަ އަވީގައި ކުޅުނު މި މެޗުގައި ގައި ކޫލިން ބްރޭކް ދެ ފަހަރު މަތިން ދީފައިވާއިރު، މި މުބާރާތުގެ ގިނަ މެޗުތަކެއް ކުޅުމަށް ނިންމާފައިވަނީ އެމެރިކާގެ ގަޑިން ހަވީރު 5 ގެ ކުރިންނެވެ. މި ގަޑިއަކީ ވަރަށް އަވިގަދަ ގަޑިތަކެއްކަން ފާހަގަކޮށްލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!