ޚަބަރު
ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް ހުރިހާ ރައްޔިތުން ވެސް ފޫގަޅައިގެން މަސައްކަތް ކުރަންޖެހޭ: މެންބަރު މުހައްމަދު އިސްމާއިލް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް ހުރިހާ ރައްޔިތުން ވެސް ފޫގަޅައިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ހޯރަފުށި ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވުނު ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު އިސްމާއިލް ވިދާޅުވި ގޮތުގައި މި އިންތިޚާބަކީ ސަރުކާރަށާއި ޕީއެންސީއަށް ވަރަށް މުހިންމު އިންތިޚާބެކެވެ. އަދި މި އިންތިޚާބު ކާމިޔާބުކުރަން ޖެހެނީ ދިވެހި ޤައުމުގެ ޙައްޤުގައި ކަމަށާއި، ރައްޔިތުން ނިކުމެ މަސައްކަތް ކޮށްގެން މެނުވީ ޤައުމު ސަލާމަތް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“ރައީސް މުޢިއްޒު، މި ސަރުކާރަށް އަދި ތިބޭފުޅުންގެ މުސްތަޤުބަލަށް ކޮށްދެވޭނެ އެންމެ ބޮޑު ކަންތައް މިއީ،” މެންބަރު އިސްމާއިލް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން މެންބަރު އިސްމާއިލް ވިދާޅުވީ ސަރުކާރާ މެދު ރައްޔިތުން މާޔޫސްވާން ނުޖެހޭ ކަމަށެވެ. އަދި ސަރުކާރުގެ އުމުރުން އަހަރެއްހާ ދުވަސް ވެފައިވާއިރު، އަދިވެސް ގިނަ މަސައްކަތްތަކެއް ކުރިއަށް އޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒުގެ އެންމެ ގާތުގައި މަސައްކަތްކުރާ މީހެއްގެ ހައިސިއްޔަތުން، ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ވެފައިވާ ހުރިހާ ވަޢުދެއް ރާއްޖޭގެ ރައްޔިތުންނަށް ފުއްދައިދެއްވާނެ ކަމަށް މެންބަރު އިސްމާއިލް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!